English Edition
Dhivehi Edition

މިނިވަން އުފާ ކާނިވާ ބައްވާ ތާރީޚު ފަސްކޮށްފިއެވެ.

ހޯމް މިނިސްޓްރީން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މިހާރު ފެތުރެމުންދާ ރޯގާ އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ މަތީން މިނިވަން އުފާ ކާނިވާ ފަސްކުރެވިފައިވާ ކަމަށެވެ. އަދި ކާނިވާ ހުޅުވާނެ ތާރީޚެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކާއި ފުޑް ސްޓޯލުތައް ވެސް ހިމަނައިގެން ކުރިއަށް ގެންދިއުމަށް ނިންމި މި ކާނިވާ މިރެއިން ފެށިގެން އަންނަ އޮގަސްޓު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ކުރިންއޮތީ ނިންމާފައެވެ.

މި ކާނިވާ ފަސްކުރުމާއި ގުޅިގެން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ހަވާ އެރުވުމުގެ ހަރަކާތް ވެސް ކެންސަލް ކޮށްފައިވާ ކަމަށް އެމްއެންޑީއެގް އިން ވަނީ ހާމަކޮށްފައެވެ.