English Edition
Dhivehi Edition

ރަށު ފެންވަރުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި މޫސުމަށް އަންނަބަދަލުތައް ހިމެނުމާއިބެހޭ ވޯކްޝޮޕެއް އައްޑޫސިޓީގައި ކުރިއަށް ގެންގޮސްފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން އައްޑޫގެ މުއައްސަސާތަކަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ މި މިވޯކްޝޮޕަކީ ރަށު ފެންވަރުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި މޫސުމަށް އަންނަބަދަލުތައް ހިމަނައިގެން ތަރައްޤީގެ ޕްލޭން އެކުލަވާލޭނެ ގޮތްތައް ބުނެދީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ދިމާވަމުންދާ ގެއްލުމާއި، އެކަންތައްތަކަށް ރިޢާޔަތްކޮށް ކަންކަން ރޭވުމުގެ މުހިންމުކަން ދަސްކޮށްދިނުމާއި މުއައްސަސާތައް ހޭލުންތެރިކުރުމުގެ ގޮތުން ބޭއްވި ވޯކްޝޮޕެކެވެ.

ދެދުވަހުގެ މުއްދަތަށް ހިންގި މިވޯކްޝޮޕުގައި އައްޑޫސިޓީގެ ގިނައަދަދެއްގެ މުޢައްސަސާތަކަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި އައްޑޫސިޓީ ކައުންސިލް، ހައުސިންގ މިނިސްޓްރީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް، މޯލްޑިވްސް ޕޮލިސް ސާރވިސް އަދި އެމް.އެން.ޑީ.އެފް ފަދަ މުޢައްސަސާތައް ހިމެނެއެވެ.