English Edition
Dhivehi Edition

ރާއްޖޭގެ 58 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިރާގުން ޚާއްސަ ޕްރޮމޯޝަނެއް އިއުލާނު ކޮށްފިއެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަންގެ މުއްދަތުގައި ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް “މިނިވާ އުފާ އެޑް-އޮން” އެންމެ 99 ރުފިޔާއަށް އެކްޓިވޭޓްކޮށްގެން އަންލިމިޓެޑް މޮބައިލް ޑޭޓާ 24 ގަޑިއިރަށް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ގޭގައި ތިބެގެން ސްޓްރީމްކޮށް މުނިފޫހިފިލުވުމުގައި މި ޗުއްޓީ ހޭދަކުރާ ކަސްޓަމަރުންނަށް ފައިބަރ ބްރޯޑްބޭންޑް ބޫސްޓާތައް އެކްޓިވޭޓްކޮށްލައިގެން ދެގުނަ ޑޭޓާ ލިބޭނެ ކަމަށް ވެސް ދިރާގުން ބުނެއެވެ.

އެގޮތުން ފައިބަރ ބްރޯޑްބޭންޑް ބޫސްޓާ 200 ޖީބީ – 200 ރުފިޔާ އަށް އަދި ފައިބަރ ބްރޯޑްބޭންޑް ބޫސްޓާ 300 ޖީބީ – 300 ރުފިޔާ އަށް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

އެ ކުންފުނިން ބުނީ މި ލިމިޓެޑް އޮފާތައް ކުރިއަށް ދާނީ 20 ޖުލައި އިން ފެށިގެން 31 ޖުލައި ގެ ނިޔަލަށް ކަމަށެވެ.

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް https://bit.ly/Dhiraagu-App ފަސޭހަކަމާއިއެކު މި އެޑް-އޮން އެކްޓިވޭޓް ކުރެވޭނެއެވެ. ނުވަތަ 343 އަށް‘UNL’ ޖެއްސެވުމަށްފަހު އެސްއެމްއެސް ކޮށްލައިގެންވެސް މި އެޑް-އޮން ނެގޭނެއެވެ.

ދިރާގުން އަބަދު ވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.

ޓެގު

1 ކޮމެންޓް
Risse
ޖުލައި 25, 2023
Kameh kuranya 1 month ge bill free kohladheeba