English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް މީޑިއާ

އައްޑޫ ސިޓީ ހިތަދޫ ގެއެއްގައި އަލިފާން ރޯވެ މީހަކު ފިހިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ ރޭ ފަތިހު ރޯވެފައިވަނީ އައްޑޫސިޓީ ހިތަދޫ “ކުޅިބަލާބޭ” ގޭގައިކަމަށެވެ.

ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރު ސްޓޭޝަނަށް ފަތިހު 04:10 ހާއިރު ހާދިސާގެ ރިޕޯޓް ލިބުމާއެކު އެ ފަޔަރު ސްޓޭޝަންގެ ފަޔަރު މަނުން ހަރަކާތްތެރިވެފައިވާކަމަށެވެ. މިގޮތުން އެ ސަރަހައްދަށް ފަޔަރމަނުން ގޮސް ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން ނިއްވާލާފައި ވަނީ ފަތިހު 05:45 ހާއިރުއެވެ.

މި ހާދިސާގައި އެ ގެއަށް ވަނީ އަލިފާނުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު އަދި މި ހާދިސާ ހިނގި ވަގުތު އެ ގޭގައި އުޅުނު ފިރިހެނެއްގެ އަތާއި ފައި ވަނީ ކޮންމެވެސް ވަރަކަށް ފިހިފައެވެ.