English Edition
Dhivehi Edition
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ - ފޮޓޯ: އޭއޯ ނިއުސް

މި އަހަރުގެ މިނިވަން ދުވަސް އައްޑޫ ސިޓީގައި ވެސް ކުލަ ގަދަކޮށް ފާހަގަކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ތައްޔާރުވާން ފަށައިފިއެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ، މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރަން ބޭނުންވާ ސަރަހައްދުތަކަށް ހުޅުވައިލުމުން ރާއްޖޭގެ ދެ ސިޓީއަކުންނާއި ނުވަ ރަށު ކައުންސިލަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށެވެ. އެ ގޮތުން އައްޑޫ ސިޓީ އާއި އާއި ކުޅުދުއްފުށީގައި ތަފާތު ގިނަ ކުޅިވަރު ހަރަކާތްތައް ބޭއްވުމަށް ހުށަހަޅައިފައިވާއިރު މި އަހަރު މިނިވަން ދުވަހުގެ މުނާސަބަތުގައި މި ދެ ސީޓީގައިވެސް ހަވާއަރުވާނެކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

އައްޑޫގައި ކުލަގަދަކޮށް މިނިވަން ދުވަސް ފާހަގަކުރަން ކައުންސިލުން ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ ގޮތުން އެ ކައުންސިލުން ބުނީ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު 26 ޖުލައި ދުވަހު ހެނދުނު ސިޓި ސްކެއާގައި ކުރިއަށް ދާނެ ކަމަށެވެ. އަދި އެ ދުވަހު ހެނދުނު 9:00 ގައި މިނިވަން ދުވަހު ޖަލްސާ އައްޑޫ ހައި ސްކޫލުގައި ކުރިއަށް ދާނެކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން 27 ޖުލައި ގައި ސިޓީ ސްކެއާގައި ސްކޫލު ކުދިންގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ދުވަހުގެ އެންމެ ހާއްސަ ހަރާކާތެއްގެ ގޮތުގައި ކުރިއަށް ދާ ފުޅަދުބުރު ވެސް އެ ރޭ ކުރިއަށް ދާނެއެވެ.