English Edition
Dhivehi Edition
ކްރިމިނަލް ކޯޓު - ފޮޓޯ: ރާއްޖެ އެމްވީ

ވައްކަންކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން އަންހެނުން ޝަރުތުތަކަކާއެކު ކޯޓުން ދޫކޮށްލައިފިއެވެ.

ވައްކަންކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އިންޑީއާއަށް ނިސްބަތްވާ ތިން އަންހެނުންނެވެ. އެއީ އުމުރުން 20 އަހަރުގެ އަންހެނަކާ، 22 އަހަރުގެ އަންހެނަކާ އަދި 24 އަހަރުގެ އަންހެނެކެވެ.

ކްރިމިނަލް ކޯޓުން މި ތިން މީހުން ދޫކޮށްލުމަށް ނެރުނު އަމުރުގައި ފުލުހުންނާ ހަވާލާދީ ބުނެފައިވަނީ މި ތިން މީހުން ވަގަށް ނެގި ކަމަށް ބުނާ ސާމާނު އެ ތަކެތީގެ ވެރި ފަރާތާ ހަވާލުކޮށްފައިވާކަމަށެވެ.

ވައްކަންކޮށްގެން ހައްޔަރު ކުރި އިންޑިޔާ ތިން އަންހެނުންނަކީ ގަވާއިދާ އެއްގޮތަށް ރާއްޖޭގައި އުޅޭ މީހުންނެވެ.