English Edition
Dhivehi Edition
އައްޑޫސިޓީގެ ހުޅުމީދޫގައި އީދުކުޅިވަރު ބަލާލަން ނިކުމެ ތިބި ބައެއް: ފޮޓޯ ލުބްނާ އޭއޯ ނިއުސް

ވޭތުވެދިޔަ އަހަރު ކުރިއަށް ގެންދިޔަ ބޯހިމެނުމުގައި، މާލެ ފިޔަވައި އެންމެ ގިނަ ބަޔަކު ދެން ދިރިއުޅެމުން އަންނަނީ އައްޑޫސިޓިގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މި ރިޕޯޓްތަކުން ދައްކާގޮތުގައި މުޅި ރާއްޖޭގެ އާބާދީގެ 25 އިންސައްތަ މީހުން އައްޑޫގައި ދިރިއުޅެއެވެ. އެއީ ޖުމުލަ 25،062 މީހުންނެވެ.

2022 ވަނަ އަހަރު މުޅި ރާއްޖޭގައި ކުރިޔަށްގެންދިޔަ ބޯހިމެނުމުގެ ރިޕޯޓް މިހާރު އާންމުކޮށްފައިވާ އިރު، އެ ރިޕޯޓުން ދައްކާގޮތުގައި ދެން އެންމެ ގިނަ މީހުން ދިރިއުޅެމުން އަންނަނީ ހދ އަތޮޅުގައެވެ. އެއީ ރާއްޖޭގެ އާބާދީގެ 4 އިންސައްތަ ކަމުގައިވާ 22،440 މީހުންނެވެ. އަދި ތިން ވަނައަށް އެންމެ ގިނަ މީހުން ދިރިއުޅެމުން އަންނަނީ ކ އަތޮޅުގައެވެ. އެއީ 17،749 މީހުންނެވެ. ހަތަރު ވަނަ އަށް އެންމެ ގިނަ މީހުން ދިރިއުޅެމުން އަންނަނީ ރ އަތޮޅުގައެވެ. އެއީ 17،581 މީހުންނެވެ. ފަސް ވަނަ އަށް އެންމެ ގިނަ މީހުން ދިރިއުޅެމުން އަންނަނީ ލ އަތޮޅުގައެވެ. އެއީ 14،699 މީހުންނެވެ.

މި ރިޕޯޓުގައި ވާ ގޮތުން އެންމެ މަދުން މީހުން އުޅެނީ ވ. އަތޮޅުގައެވެ. އެއީ 1995 މީހުންނެވެ.

ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުން އަތޮޅުތަކުގައި 236،911 މީހުން ދިރިއުޅެއެވެ.