English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ޚާއްސަ އެޑްވައިޒަރގެ މަގާމުގައި ހުންނެވި މުހައްމަދު ޝިހާބް އިސްތިއުފާ ދެއްވައިފިއެވެ.

އޭނާގެ އިސްތިއުފާގެ ސިޓީ، ރައީސް އޮފީހަށް ފޮނުވާފައިވީ ނަމަވެސް އިސްތިއުފާ ދެއްވާ ސަބަބެއް އަދިހާމައެއް ނުކުރައްވައެވެ.

ޝިހާބަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އިސްވެ އުފައްދަވާ “ދަ ޑިމޮކްރެޓްސް” ގެ އެކި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ފަރާތަކަށްވާއިރު، ބައެއް ފަރާތްތަކުން ބުނަމުންދަނީ ޝިހާބު އިސްތިއުފާ ދެއްވީ “ދަ ޑިމޮކްރެޓްސް” އާ ގުޅިވަޑައިގަތުމަށް ކަމަށެވެ.

އެމްޑީޕީ އުފެއްދުމުގައި ވެސް ކުރިން އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގެންނެވި ޝިހާބު ރައީސް ސާލިހުގެ ޚާއްސަ އެޑްވައިޒަރކަމުގެ މަގާމަށް އައްޔަން ކުރެއްވީ ނޮވެމްބަރު 15، 2019 ގައެވެ.

ޝިހާބަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ދާޚިލީ ވަޒީރުކަން ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.