ގއ. ވިލިނގިލީގައި އީދު ފާހަގަކުރުމަށްޓަކައި ބޭއްވި ޝޯއެއްގެ ތެރެއިން މަޝްހޫރު ގޮމަ ގުރޫޕް ނިވާކަން ކުޑަ ހެދުންތަކެއް އަޅައިގެން ނެށި މައްސަލައެއް ފެންމަތިވެ އެތައް ބައެއްގެ ފާޑުކިޔުން އަމާޒްވެއްޖެއެވެ.
28 ޖޫން 2023 ވަނަ ދުވަހު ވިލިނގިލީގައި ބޭއްވި ޝޯގެ ވީޑިއޯތަކެއް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އެ ވީޑިއޯ އިން ފެނިގެންދަނީ ތިން އަންހެނަކު ނަށާ މަންޒަރެވެ. އޭގެތެރޭގައި ބުރުގާ އަޅައިގެން ތިބީ 2 އަންހެންނުންނެވެ. ނިވާކަން ކުޑަ ހެދުންތަކެއް ލައިގެން އެމީހުން ތިބިއިރު، ބެލެވޭ ގޮތުގައި އެމީހުން ތިބީ ގަޔަށް ބާރު މުށި ކުލައިގެ އެއްޗެއް ލައިގެންނެވެ.
މިކަމާއި ގުޅިގެން ޝައިޙް ޒަމްޒަމް ފާރިޝް ވަނީ އަދާލަތު ޕާޓީއަށް ފާޑުކިޔާފައެވެ. ޒަމްޒަމް ފާރިޝް އަދާލަތު ޕާޓީއަށް ފާޑުކިޔައިފައިވަނީ އައްޝައިޙް އަލީ ޒައިދު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.
ޒައިދު ކުރި ޓްވީޓެއްގައި ވަނީ ބުރުގާ އަޅައިގެން ނިވާކަން ކުޑަ ހެދުން ރަމްޒުވާގޮތަށް ހެދުން އަޅައިގެން މީ ކޮންފަދަ ބަލިމަޑުކަމެއްތޯ؟ ހަމަ އެހާވަރަށް އޮރިޔާމުން ނަށާ ހިތްވަނީ ބައޭ ބުނެ ސުވާލު އުފައްދާފައެވެ. މި ޓްވީޓްއަށް ރައްދުދެއްވަމުން ޒަމްޒަމް ފާރިޝް ވިދާޅުވީ، ތިޔަ ކަންކަމާ ދެކޮޅަށް ނަސޭހަތްދިނުމުގެ ޒިންމާ އޮތީ ހޯމް މިނިސްޓްރީގެ ކޮނޑުގައި ކަމަށާއި އެ ދެ މިނިސްޓްރީ އޮތީ ލޯ މަރައިގެން ހަނު، އެ ދެ މިނިސްޓްރީ އޮތީ އަދާލަތު ޕާޓީގައި ކަމަށެވެ.
އަދި އިތުރު ޓްވީޓެއް ކުރަމުން ޒަމްޒަމް ފާރިޝް ވިދާޅުވީ، އީދު ނަމާދުގައި ޅަ ދަރިން އެއްކޮށްގެން އިންތިހާއަށް ބަރަހަނާކަން ހާމަކޮށްއެކަން އާއްމުކުރާއިރު އިސްލާމިކް މިނިސްޓްރީ އާއި ދެން ތިބީން ހަމަ އެއްވެސް ބަހެއް ބުނެނުލައި އެތިބެނީ އެމީހުންގެ އަގަޔަށް އަނގުރު އަލިފާން އެޅިފައި ތިބީމަތޯ ބުނެ ސުވާލު އުފައްދާފައެވެ.
ގއ. ވިލިނގިލީގައި ބޭއްވި އީދު ޝޯގައި ގޮމަ ގުރޫޕްގެ ނެށުމުގެ ހަރަކާތްތަކާއި މެދު ނުރުހުންވެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިޔާގައި ފަޑުކިޔަމުންނެވެ.