English Edition
Dhivehi Edition
ފޮޓޯ: އެމްޑީޕީ

ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ޅ. ހިންނަވަރަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު ހިންނަވަރަށް ވަޑައިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ރައީސް ސާލިހުގެ އުފަން ރަށް، ހިންނަވަރަށް ވަޑައިގަތުމުން، ހޫނު މަރުހަބާއެއް ކިޔާފައިވާިއރު، އެރަށުގެ ބަނދަރު ސަރަހައްދަށް ވަނީ ގިނަ ބަޔަކުު އެއްވެ، މަރުހަބާ ދަންނަވާ، ސަލާމް ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅުގެ ތެރެއިން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ، ޢީދު ފާހަގަކުރުމަށް ހިންނަވަރުގައި ކުރިއަށްގެންދާ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.