English Edition
Dhivehi Edition

1444 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްޓަކައި ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިރޭ ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ޙައްޖާޖީންގެ އެންމެހައި ކަންތައްތައް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަނޑައަޅުއްވާފައެވެ.

ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ލިބިފައިވާ 1000 ކޯޓާގެ ދަށުން އެކި ދުވަސްމަތިން މިހާރުވަނީ ޙައްޖަށް ދާ ގްރޫޕްތައް ސަޢުދީއަށް ގޮސްފައެވެ. ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ލިބިފައިވަނީ 1000 ކޯޓާގެ ތެރެއިން ޙައްޖަށް ގެންދިޔުމުގެ ހުއްދަ ދޫކޮށްފައިވާ 3 ކުންފުނިން ކޮންމެ ކުންފުންޏަކަށް ދީފައިވަނީ 90 ފުރުޞަތެވެ. އަދި ދެންހުރި ފުރުޞަތުތައް ދިނީ ޙައްޖު ކޯޕަރޭޝަނަށެވެ.

މިއަހަރަކީ ކޯވިޑްގެ ކުރިން ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުޞަތުދޭ މިންވަރަށް ފުރުޞަތު ލިބޭ ފުރަތަމަ ފަހަރެވެ.