English Edition
Dhivehi Edition

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އިން ދެކުނު ކޮރެއާގެ ވެރިރަށް ސޯލް ގައި ކާމިޔާބު ރޯޑްޝޯއެއް ބާއްވައިފިއެވެ.

މި ރޯޑްޝޯ ބޭއްވީ ޖޫން 21 ގައެވެ. މި ރޯޑްޝޯގެ މަގުސަދަކީ ސޯލްގެ އޮޕަރޭޓަރުންނާއި އޭޖެންޓުންނާ ގުޅުން އުފައްދާ، ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކޮށް، ދެކުނު ކޮރެއާގެ ފަތުރުވެރިންނަށް އެންމެ ކަމުދާ މަންޒިލްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމެވެ.

މީގެ އިތުރުން ޖޫން 23 ގައި ބުސާންގަވެސް ރޯޑްޝޯއެއް ބާއްވާނެއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ފާހަގަކޮށްލެވޭ 11 ކުންފުންޏަކުން މި ރޯޑްޝޯ ސިލްސިލާގައި ބައިވެރިވެއެވެ. ރޯޑްޝޯގައި ބައިވެރިވާ ކުންފުނިތަކުގެ ތެރޭގައި އަންގްސާނާ ވެލާވަރު؛ ލަކްސް* ސައުތު އަރި އެޓޯލް؛ މަޑިފުށި ޕްރައިވެޓް އައިލެންޑް؛ މޯލްޑިވިއަން ޗާޓަރ ކްލަބް؛ އޯގާ އާޓް ރިސޯޓް މޯލްޑިވްސް، ރޮބިންސަން ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް؛ އާރުއައި އެޓޯލް އަދި އާރުއައިޔޫ ޕެލަސް މޯލްޑިވްސް؛ ދަ ކޮކޫން ކަލެކްޝަން؛ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓު އަދި އިނާ މޯލްޑިވްސް ހިމެނެއެވެ. ދެކުނު ކޮރެއާގެ ފަތުރުވެރިންގެ ބޭނުންތަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން އިސްކަންދޭ މިންވަރު، މި ރޯޑްޝޯގައި ބައިވެރިވާ ފަރާތްތަކުގެ އަދަދުން ރަމްޒުކޮށްދެއެވެ.

ސޯލްގައި ކުރިއަށްދިޔަ ރޯޑްޝޯ ތެރޭގައި އެމްއެމްޕީއާރުސީން ސޯޝަލް މީޑިއާ ކޮންޓެސްޓެއް ވެސް ކުރިއަށް ގެންދިޔައެވެ. ވަނަތަކަށް ހޮވޭ ފަރާތްތަކަށް ދިވެހިރާއްޖޭގެ މާޗަންޑައިޒް ލިބުނެވެ. މީގެ އިތުރުން ރެފްލްއެއްވެސް ކުރިއަށްގެންދިޔައެވެ. މި ރެފްލްއިން ހޮވޭ ނަސީބުވެރި 02 ފަރާތަކަށް ދިވެހިރާއްޖެއަށް ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތުލިބުނެވެ. ބުސާންގައި ކުރިއަށްދާ ރޯޑްޝޯގަވެސް ދެ ފަރާތަކަށް ދިވެހިރާށްޖެއަށް ހިލޭ ޗުއްޓީ ހޭދަކުރުމަށް ރެފްލްއެށް ބާށްވާނެއެވެ. މި ރެފްލްތަށް ސްޕޮންސާކޮށްފައިވަނީ ރޮބިންސަން މޯލްޑިވްސް، ރިއު ހޮޓެލްސް އެންޑް ރިސޯޓްސް، ވެސްޓިން ހޮޓެލްސް އެންޑް ރިސޯޓްސް އަދި ކޮކޯ މޯލްޑިވްސްއެވެ. މީގެ އިތުރުން ރޯޑްޝޯގައި ‘މޯލްޑިވިއަން ކޯނަރ’ އެެއްވެސް ވަނީ ވިޒިޓް މޯލްޑިވްސްއިން ކިއުރޭޓްކޮށްފައެވެ. މިތަނުން ބައިވެރިންނަށް ދިވެހިރާއްޖޭގެ ކެޔުން ރަހަބަލާ ރާއްޖޭގެ ލިޔެލާޖެހުން ފަދަ އަތްތެރި މަސައްކަތްތަށް ބަލާލުމުގެ ފުރުސަތުލިބިގެންދިޔައެވެ.

ދެކުނު ކޮރެއާގައި ހިނގަމުންދާ މި ރޯޑްޝޯގެ މައިގަނޑު މަޤްޞަދުތަކަކީ ރާއްޖޭގެ މުހިންމު އެއް ސޯސް މާކެޓްގެ ގޮތުގައި ދެކުނު ކޮރެއާ ދެމެހެއްޓުމާއި، އެ ޤައުމުގެ ޓްރެވަލް އޭޖެންޓުންނާއި އިންޑަސްޓްރީގެ ތަފާތު ފަރާތްތަކާއެކު އޮތް ގުޅުން ވަރުގަދަކޮށް އައު ގުޅުންތައް އުފެއްދުމެެވެ. މި އިވެންޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ވަކިވަކި އުފެއްދުންތައް ޕްރޮމޯޓްކުރުމަށާއި ދެކުނު ކޮރެއާގެ ފަތުރުވެރިންނަށް ތަފާތު ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް އެމްއެމްޕީއާރުސީއިން ކަނޑައަޅާފައިވާ މާކެޓިންގް ސްޓްރެޓެޖީއާ އެއްގޮތްވާގޮތުގެ މަތިން ކުރިއަށްގެންދާ ހަރަކާތެކެވެ.

ދެކުނު ކޮރެއާއަކީ ތާރީޚީ ގޮތުން ވެސް ރާއްޖެއަށް މުހިންމު ސޯސް މާކެޓެކެވެ. 2022 ވަނަ އަހަރު މި މާކެޓުން 35،948 ފަތުުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފާވާއިރު، މިއީ އެ އަހަރު ނުވަ ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި މާކެޓެވެ.

ކޮވިޑް-19ގެ ކުރިން 2019 ވަނަ އަހަރު ދެކުނު ކޮރެއާ އަކީ 11 ވަނައަށް އެންމެ ބޮޑު ސޯސް މާކެޓެވެ. ރާއްޖެއަށް ދެކުނު ކޮރެއާގެ ފަތުރުވެރިންގެ ޝައުގުވެރިކަން ބޮޑުވަމުން އަންނަކަން ފާހަގަކުރެވެއެވެ. 2023 ވަނަ އަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް 13،335 ފަތުރުވެރިން ދެކުނު ކޮރެއާއިން ރާއްޖެ އައިސްފައިވެއެވެ.