އައްޑޫސިޓީގައި ބާއްވާ އީދު ޝޯވއަށް އިންޑިއާގެ ޒުވާން ލަވަކިޔުންތެރިޔާ މުހައްމަދު ފައިޒް ގެންނަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އައްޑު ސިޓީ ކައުންސިލާއި ހަވާލާދީ ރާއްޖޭގެ ބައެއް ނޫސްތަކުގައިި ބުނެފައިވަނީ ފައިޒް ބައިވެރިވަނީ ޚާއްސަ މެހެމާނެއްގެ ގޮތުގައި ކަމަށެވެ.
ސޮނީ ޓީވީން ގެނެސްދިން ސުޕަރ ސްޓާރ ސިންގަރ ގެ އެއްވަނަ ކާމިޔާބުކޮށްފައިވާ ފައިޒް ވަނީ މިދިޔަ އަހަރު، ވެސް ރާއްޖެ އައިސްފައެވެ. އެއީ ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ގެ އުފަންދުވަސް ފާހަގަކުރުމަށް ބޭއްވި ޝޯވ ގައި ލަވަކިޔުމަށެވެ.
މިއަހަރުގެ އަޟުހާ އީދު ރާއްޖޭގެ އެކި ސަރަހައްދުގައި ކުލަގަދަކޮށް ފާހަގަ ކުރުމަށް ތައްޔާރުވަމުންދާއިރު، އައްޑޫ ސިޓީ ގައި ބާއްވާ ޝޯވ ގައި މަރިޔަމް އަޝްފާ، މޯލްޑިވިއަން އައިޑަލްގެ ސީޒަން އެކަކުން ވިދާލި އަޒްލީފާ، އައިޑަލް ސީޒަން ތިނަކުން ވިދާލި ޝަމްވީލް (ބަރޯ) އަދި މެޒޯ މޯޑު ބައިވެރިވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މި ޝޯވ އޮންނާނީ ޖުލައި މަހުގެ އެއްވަނަ ދުވަހުގެ ރޭގަނޑު 20:00 ގައި ހިތަދޫ ސްޓޭޖް ސަރަހައްދުގައެވެ.