English Edition
Dhivehi Edition
ވީނުވީއެއްނޭނގި ގެއްލިގެން ހޯދަމުން އަންނަ ގއ. ވިލިނގިލީ ރަތްވިލާގޭ އަޙްމަދު އަސްޢަދު

ގއ. ވިލިނގިލިން ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެއެވެ.

ގއ. ވިލިނގިލީ / ރަތްވިލާގޭ އައްސަދު އަހުމަދު، ގެއްލިގެން ހޯދަން ފަށާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ދަންވަރުން ފެށިގެންނެވެ. އަދި އޭނާ ފެނިފައިވަނީ 16 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

ފުލުހުންނާއި ހަވާލާ ދީ ރާއްޖޭގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ އޭނ ރޭ ދަންވަރުގެ ވަގުތެއްގައި ގެއަށް ގޮސްފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

އުމުރުން 38 އަހަރުގެ އައްސަދު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ބުރާސްފަތި ދުވަހުގެރޭ 1:10 ގައެވެ. އޭނާ ހޯދުމުގެ މަސައްކަތް އެރަށު ކައުންސިލާއި އާންމުންނާއި ފުލުހުން ކޮށްފައިވެއެވެ.

އޭނާ ގެއްލިގެން ރިޕޯޓް ކުރުމުގެ ކުރިން އާއިލީ މައްސަލަތަކެއް ޖެހިގެން އުޅުނު ކަމަށް އެރަށު މީހުންނާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައިވެއެވެ.