English Edition
Dhivehi Edition

މަރަދޫ ޑީސީ ސްޕޯޓްސްއިން އިންތިޒާމް ކޮށްގެން ބާއްވާ ޕީއެސް4 މުބާރާތުގެ ގުރޫޕް ޑީގެ އެއްވަނަ ފަސޭހަ ކަމާއިއެކު ޒައިދާން މުހައްމަދު ހޯދައިފިއެވެ. ޒައިދާން ގުރޫޕް ޑީގެ އެއްވަނަ ހޯދާފައި ވަނީ ޒައިދާން އާއި އެކު ދެން މި ގުރޫޕްގައި ވާދަ ކުރި ދެ ބައިވެރިން ކަމުގައިވާ އަލީ އަބާން ޝަރީޕް(ކުމާއު) އާއި އަލީ ޝަމީން(ތްރޭޝް) ވާދަކޮށްގެންނެވެ. އިއްޔެ ހަވީރު ޑީސީ ސްޕޯޓްސް އެރީނާގައި ކުޅުނު ފުރަތަމަ މެޗުގައި ޒައިދާންއާއި އަބާން ބައްދަލުކޮށް ޒައިދާން ވަނީ 2-0 ލަނޑުން މެޗު ކާމިޔާބުކޮށްފައެވެ. އަދި ދެވަނަ މެޗުގައި ޝަމީން އާއި ވާދަކޮށް ޒައިދާން ވަނީ 3-0 ލަނޑުން މެޗު ކާމިޔާބުކޮށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ދެން މިގުރޫޕްގައި ވާދަ ކޮށްފައި ވަނީ އަބާންއަދި ޝަމީންއެވެ. މި މެޗު 1-0 ލަނޑުން ކާމިޔާބުކޮށްފައި ވަނީ އަބާންއެވެ.މި ނަތީޖާ ދައްކާ ގޮތުން ގުރޫޕް ޑީއިން ގަދަ 16 ކަށަވަރު ކޮށްފައިވަނީ އަބާން އަދި ޒައިދާންއެވެ. މިއަދުވެސް މިމުބާރާތުގެ ތިން މެޗު ކުޅުމައް ހަމަޖެހިފައިވެއެވެ. މިގޮތުން ގުރޫޕް އީގެ ފުރަތަމަ މެޗުގައި ނާއިޝް އާއި ސިނާޙް ބައްދަލު ކުރާއިރު ދެވެނަ މެޗުގައި ބައްދަލު ކުރާނީ ނާއިޝް އަދި ހަަސަން މުފީއީދެވެ. ތިންވަނަ މެޗުގައި ބައްދަލުކުރާނ ޝިނާހު އާއި ހަސަން މުފީދެއެވެ.