English Edition
Dhivehi Edition
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ - ފޮޓޯ: އޭއޯ ނިއުސް

އައްޑޫ ސިޓީ ކައުންސިލުން ބުނީ 1444 ވަނަ އަހަރުގެ މުދަލު ޒަކާތް ބެހުމަށް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން އެކި ސަބަބުތަކާހުރެ ޙާލަތު ބަދަލުވެފައިވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އަންގާފައިވާ ކަމަށެވެ.

މި ގޮތުން:

  • ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިހާރު ރަށުގައި ދިރިނޫޅޭ ފާރާތްތައް.
  • ދަފްތަރުގައި ރަޖިސްޓަރީކުރި ފަހުން ކައިވެނީގެ ޚާލަތަށް ބަދަލުއައިސްފައިވާ (ކައިވެނިކޮށް ނުވަތަ ވަރިވެފައިވާ) ފަރާތްތައް.
  • މިހާރު ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ޚާލަތު ބަދަލުވެފައިވާ ފަރާތްތައް.
  • ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން ނިޔާވެފައިވާ ފަރާތްތައް.
  • ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ޢާއިލާއެއްގައި، 22 ޖޫން 2023 ގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނެއް / ފިރިހެނުން ހިމެނުން ނުވަތަ 65 އަހަރު ފުރޭ މީހެއް / މީހުން ހިމެނުން. (މި ޢާއިލާތަކުން ދަފްތަރުގައި ދެމިއޮންނަން ބޭނުންވާނަމަ އަލުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީ ވުމަށް ފޯމު ހުށަހަޅަން ވާނެއެވެ.)

އެހެންކަމުން ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން އެކި ސަބަބުތަކާއިހުރެ މިހާރުގެ ހާލަތަށް ބަދަލު އައިސްފައިވާ ފަރާތްތަކުން، 17 ޖޫން 2023 ގެ 14:00 ގެ ކުރިން ހިތަދޫ އަވަށު އޮފީހަށް ސިޓީ ހުށަހަޅުމަށް ވަނީ އެދިފައެވެ.