English Edition
Dhivehi Edition

ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް)ގެ ފަރާތުން މާލެ ސިޓީގެ ކިންގް ސަލްމާން މިސްކިތާ އިންވެގެން އޮންނަ ގޮނޑުދޮށް ސަރަޙައްދު އިއްޔެ ސާފުކޮށްފިއެވެ.

މިއީ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތުގެ މަޤްޞަދަކީ ތިމާވެއްޓާއި މޫސުމީ ބަދަލުތަކަށް މުޖުތަމަޢު ހޭލުންތެރިކުރުވުމާއި، މާލެ ސިޓީއަކީ ސާފުތާހިރު ތަނެއްގެ ގޮތުގައި ބެހެއްޓުމަށް ބާރުއެޅުމެވެ.

ސެލްޒޯންއާއި ޕޮލަރޮއިޑްސް އެމްވީ އަދި މާލޭ ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު ކުރިއަށް ދިޔަ މި ހަރަކާތުގައި ކަޅު ޑަސްބިން ކޮތަޅުގެ 20 ކޮތަޅު ފުރާ ޕްލާސްޓިކް ފުޅިއާއި ކުނިބުނި މި ސަރަޙައްދުން ނަގާފައިވެއެވެ. އެކަށީގެންވާ މިންވަރަށް ޑަސްބިން ބެހެއްޓިފައި ނެތުމުގެ ސަބަބުން، މި ސަރަޙައްދު ފާހަގަކުރެވިފައިވަނީ އާދަޔާޚިލާފަށް ގިނަ އަދަދެއްގެ ކުނި ޖަމާވާ ސަރަޙައްދެއްގެ ގޮތުގައެވެ.

އިޖުތިމާޢީ މަސައްކަތްތައް ކުރުމަށާއި އެކި ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން ރަޖިސްޓްރީކުރެވިފައިވާ ބީސީއެމްގެ ފަރާތުން އަންނަނީ ތިމާވެއްޓާއި މޫސުމީ ބަދަލުތަކަށް މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.