English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ފެއްޓެވި ގެދޮރުވެރި ކުރުވުމުގެ މަޝްރޫޢުގެ ދަށުން، މިހާރުވެސް ބޮޑު ކާމިޔާބީއެއް ހާސިލްވެފައިވާކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ

މާފަންނުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަމުގެ ދަތިކަން ތަހައްމަލްކުރަމުންދާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަ މާލޭގައި ފްލެޓްއަޅާ މިހާރު އެ މައްސަލައަށްވެސް ހައްލެއް ގެނެސްދެވިފައިވާކަމަށެވެ.މީގެ އިތުރުން މުއިއްޒު ވިދާޅުވީ މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަރަށް ބޮޑު އިސްކަމެއް ދެއްވަމުން ގެންދަވާކަމަށާއި މާލެއާއި ހުޅުމާލޭގައި ފްލެޓްތައް އިމާރާތްކޮށް، ބޯހިޔާވަހިކަމަށް ހައްލު ހޯދައިދެއްވުމަށްޓަކާ އެމަނިކުފާނު ފެއްޓެވި މަސައްކަތްޕުޅުގެ ނަތީޖާ ވަރަށް ބޮޑަށް ފެނިގެން ގޮސްފިކަމަށެވެ

މާލޭގައި ހަދާފައިވާ ހިތްފައްސޭހަ މައިޒާންތަކަށް އިޝާރަތްކުރައްވާ މުއިއްޒު ވިދާޅުވީ މީގެކުރިން މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ހުސްބިންތައް ޕާކުތަކަށް ބަދަލުކޮށް، އެތަންތަނަކީ ރައްޔިތުން ހިތްއުފާކޮށްލުމަށްޓަކާ ތިބެވޭނެ ޕާކުތަކަށް ބަދަލުކޮށްފައިވާކަމަށެވެ. މީގެ އިތުރުން މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ތަރައްގީއާއި އިޖުތިމާޢީ ހާލަތު އެންމެ ދަށް އަވަށެއްގެ ގޮތުގައި އޮތީ މާފަންނު ކަމަށާއި އެހެންނަމަވެސް އެ އަވަށުގެ ހާލަތު ބަދަލުކޮށް ދެއްވާއި،އެ އަވަށަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދެއްވާފައިވާކަމަށެވެ