English Edition
Dhivehi Edition

ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އެމެރިކާ ލީގުގެ އިންޓަ މިއާމީއަށް ގެންދިޔަ ސަބަބު އެ ކުލަބުގެ ވެރިޔާ ޑޭވިޑް ބެކަމް ކިޔައިދީފިއެވެ.

މީޑިއާއާއި ވާހަކަ ދައްކަމުން ބެކަމް ބުނީ ދުނިޔޭގައިި ފަހުގެ ތާރީޙެއްގައި އުފެދު އެންމެ މޮޅު ދެ ފުޓުބޯޅަ ކުޅުންތެރިން އެއް ކުލަބަކަށް ގެނެސް، ކުޅުވުމަކީ ދެކެމުން އައި ވަރަށް ބޮޑު ހުވަފެނެއް ކަމަށެވެ.

އެ ހުވަފެން ހަގީގަތަކަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނަތާ ގިނަ އަހަރުތަކެއް ވެއްޖެ ކަމަށާއި، އެއީ މެސީ އާއި ރޮނާލްޑޯ އޭނާގެ ކުލަބަކަށް ގެނައުންކަމަށް ބެކަމް ބުންންޏެވެ.

ނަމަވެސް ރޮނާލްޑޯ އޭނާގެ ކުލަބަށް އަދި ގެނެވޭ ގޮތް ނުވާކަމަށާއި އެހެނަސް މެސީ މިހާރު ކުލަބާއި ގުޅިފައިވާ ކަމަށް ބެކަމް ބުންޏެވެ.

ބެކަމް ބުނީ އަދިވެސް ރޮނާލްޑޯ ގެނައުމުގެ މަސައްކަތް ހުއްޓާ ނުލާކަމަށާއި އެކަން ކޮންމެވެސް ދުވަހަކުން ކާމިޔާބު ވާނޭކަމުގެ އުންމީދުގައި ހުރިކަމަށެވެ.

” ރޮނާލްޑޯ އާއި މެސީ އެއްކުލަބަކަށް ކުޅޭތަން ބަލާލަން ވަރަށް ބޭނުން. އެގޮތުން މި ދެ ކުޅުންތެރިން އަހަރެންގެ ކުލަބަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު. މެސީ ލިބިއްޖެ، ދެން ބޭނުންވަނީ ރޮނާލްޑޯ. އެކަން ކޮންމެވެސް ދުވަހަކުން ހާސިލްވާނޭ ކަމަށް އުންމީދުކުރަން.” ބެކަމް ބުންޏެވެ.