English Edition
Dhivehi Edition

ރާއްޖޭއިން ފަތުރުވެރިންނަށް ލިބެންހުރި ދުނިޔޭގެ ފެންވަރުގެ މެހެމާންދާރީ އާއި ދެމެހެއްޓެނިވި ހިދުމަތްތައް ތަޖުރިބާކުރުމުގެ ގޮތުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) ގެ ދައުވަތަކަށް ޖަރުމަންވިލާތުގެ މަޝްހޫރު ނޫސްވެރިންނާއި ބްލޮގަރުން ހިމެނޭ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

މި ޓީމު ރާއްޖެ އައިސްފައިވަނީ މޭ މަހުގެ 29 ވަނަ ދުވަހުއެވެ. އަދި ޖޫން 4 ގެ ނިޔަލަށް ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ތަފާތު ތަޖުރިބާތަކާއި ރާއްޖޭގެ މެހެމާންދާރީ މި ޓީމުން ތަޖުރިބާކުރިއެވެ.

މި ޓީމުގެ ފެމިލިއަރައިޒޭޝަން ދަތުރު ފަށާނީ ވިޒިޓް މޯލްޑިވްސް’ ސްޓޯރީޓެލަރސް ކޮންފަރެންސް 2023 ގައި ބައިވެރިވުމަށްފަހުއެވެ. މި ދަތުރުގައި މި ޓީމު ތިބީ ލެ މެރިޑިއަން މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ އަދި ޑަބްލިއު މޯލްޑިވްސްގައެވެ.

ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023 ތަޖުރިބާ ކުރުމުގެ ފުރުސަަތު މި ޓީމަށް ލިބުނެވެ. 30 މެއި އިން 02 ޖޫން އަށް ބާއްވާ ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރަންސް 2023 އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 70 އަށް ވުރެ ގިނަ ކޮންޓެންޓް ކްރިއޭޓަރުން، ޓްރެވަލް ލިޔުންތެރިން، ނޫސްވެރިން، ބްލޮގަރުން، އިންފްލުއެންސަރުން އަދި މީޑިއާގެ ތަޖުރިބާކާރުން އެއްތަންވެ، ރާއްޖެއާ ބެހޭ ގޮތުން ތަފާތު ވާހަކަތައް ގަތާލުމަށް، ދިވެހިރާއްޖޭގައި މިހާތަނަށް ބޭއްވި މިފަދަ އެންމެ ބޮޑު ކޮންފަރެންސެވެ.

މި ކޮންފަރެންސް ނިމުމުން، މި ކޮންފަރެންސްގެ ބައިވެރިން ހޮވުމަށް ބޭއްވުނު ސޯޝަލް މީޑިއާ މުބާރާތުގެ ވަނަތައް ހޯދި ފަރާތްތަކަށް ރާއްޖޭގެ ރީތިކަމާއި ފަތުރުވެރިންނަށް ރާއްޖެއިން ލިބެން ހުރި ތަފާތު ތަޖުރިބާތަކާއި މެހެމާންދާރީ ތަޖުރިބާކޮށްލުމުގެ ފުރުޞަތު ލިބުނެވެ. މީގެ ތެރޭގައި މަންޓާ އާއި ވޭލް ޝާކްއާއެކު ސްނޯކްލް ކުރުމުން ފެށިގެން ވޯޓާ ސްޕޯޓްސް، ކަލިނަރީ ޓުއާސް، އައިލެންޑް ހޮޕިން އަދި ސޭންޑްބެންކް ޕިކްނިކް ފަދަ ހަރަކާތްތައް ހިމެނުނެވެ.

މި ޓީމުގައި ހިމެނެނީ 4 ޕަބްލިކޭޝަނެއް ތަމްސީލުކުރާ 4 ނޫސްވެރިންނާއި، ޖަރުމަނު ބަހުން ވާހަކަ ދައްކާ މާކެޓްތަކުގެ (ޖަރުމަނުވިލާތް، ސްވިޒަލޭންޑް، އޮސްޓްރިއާ) 1 ޕީއާރު ރެޕްރެޒެންޓޭޓިވްއެވެ. މި ފެމިލިއަރައިޒޭޝަން ދަތުރަކީ ‘އެފޯޑެބަލް ލަގްޒަރީ’، ލޯކަލް ޓޫރިޒަމް, އަދި ދިވެހިރާއްޖޭގައި ކުރިއަށްދާ ދެމެހެއްޓެނިވި ހަރަކާތްތަކުގެ މައްޗަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ދަތުރެކެވެ. ދިވެހިރާއްޖެއިން ލިބެން ހުރި ތަފާތު ހިދުމަތްތަކާއި ޕްރޮޑަކްޓްތައް ތަޖުރިބާކޮށް، އެ ތަޖުރިބާތައް އޮންލައިން އާޓިކަލްތަކާއި ޕަބްލިކޭޝަންތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ޒަރިއްޔާއިން ޖަރުމަނުވިލާތުގެ ކިއުންތެރިންނާއި ބެލުންތެރިންނާ ހިއްސާކުރާނެއެވެ.

މީގެ ސަބަބުން ރާއްޖޭގެ ބްރޭންޑާ މެދު މި މާކެޓުގައި އޮތް ހޭލުންތެރިކަން އިތުރުވެ، ރާއްޖެ އަކީ ދެމެހެެެއްޓެނިވި މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރެވޭނެއެވެ. މި ދަތުރުގައި ބައިވެރިވާ މީޑިއާ މެމްބަރުން ތައްޔާރުކުރާ އެކި ކޮންޓެންޓުގެ ޖުމްލަ އިމްޕްރެޝަންސް 2,568,000 އަށް ވުރެ ގިނަވާނެކަމަށް ބެލެވެއެވެ.

މި މީޑިއާ ދަތުރަކީ ޖަރުމަނު ބަހުން ވާހަކަ ދައްކާ މާކެޓްތަކަށް ކަނޑައަޅާފައިވާ، އެމްއެމްޕީއާރުސީއިން ގެ މާކެޓިންގ ސްޓްރެޓެޖީގެ ދަށުން ހިންގާ ހަރަކާތެކެވެ. މި ސްޓްރެޓަޖީ ބިނާކޮށްފައިވަނީ ރާއްޖޭގެ ތަފާތު ތަޖުރިބާތަކާއި ހިދުމަތްތައް މި ސަރަހައްދުގެ ފަތުރުވެރިންގެ މެދުގައި މާކެޓްކުރުމަށެވެ. ޖަރުމަނުވިލާތަކީ ރާއްޖެއަށް 4 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓެވެ.

ޖޫން 6 ގެ ނިޔަަލަށް 61,674 ފަތުރުވެރިންވަނީ މި އަހަރު ޖަރުމަނުވިލާތުން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މި އަހަރު ޖަރުމަނު މާކެޓުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް، ކެމްޕޭންތަކާއި ޕްރޮމޯޝަންތައް ހިމެނޭ ބޮޑު ޕްލޭނެއް އެމްެއެމްޕީއާރސީ އިން ވަނީ އެކަށައަޅާފައެވެ.