English Edition
Dhivehi Edition
ހއ.ހޯރަފުށި އެއާޕޯޓްގެ މަސައްކަތް-ފޮޓޯ:އެމްޓީސީސީ

ހއ. ހޯރަފުށީ އެއާޕޯޓް ޖެޓީ ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 50 ޕަސެންޓް މަސައްކަތް ނިމިއްޖެއެވެ

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން، ނެރު ފުންކުރުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށެވެ އަދި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ ދަށުން، 18,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕްރީކާސްޓް އެލް ބްލޮކް ބޭނުންކޮށްގެން ޖެޓީއެއް ހެދުމުގެ އިތުރުން ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން 5.65 މިލިއަން ރުފިޔާ އަށް އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.