English Edition
Dhivehi Edition

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އިން ‘ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް ‘2023 ކާމިޔާބުކަމާއެކު ނިންމާލިކަން ފަޚުރުވެރިކަމާއެކު އިއުލާންކޮށްފިއެވެ.

23 މެއި ގައި ކްރޮސްރޯޑްސްގައި ބޭއްވި މި ކޮންފަރަންސް ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 70 އަށް ވުރެ ގިނަ ކޮންޓެންޓް ކްރިއޭޓަރުންނާއި ނޫސްވެރިންނާއި ބްލޮގަރުންނާއި އިންޑަސްޓްރީގެ ޕްރޮފެޝަނަލުން ބައިވެރިވެފައި ވެއެވެ.

ވިޒިޓް މޯލްޑިވްސް ސްޓޯރީ ޓެލަރސް ކޮންފަރަންސަކީ، މިހާތަނަށް ބާއްވާފައިނުވާ ފަދަ ތަފާތު އިވެންޓެކެވެ.

މި ސެޝަންތަކުގައި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، ޒިންމާދާރު ދަތުރުފަތުރާއި، ސަގާފަތް ރައްކާތެރިކުރުމާއި، ޑެސްޓިނޭޝަންތައް ޕްރޮމޯޓްކުރުމުގައި ވާަހަކަ އާއި ކޮންޓެންޓް ބޭނުންކުރެވިދާނެ ގޮތްތަކާއި، އެ ފަދަ ވާހަކަތަކުން ބެލުންތެރިންނާއި ކިއުންތެރިން ޑެސްޓިނޭޝަންތަކާ މެދު ޝައުގުވެރިކުރުވޭ މިންވަރާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

ކޮންފަރެންސް ނިމުމުން ބައިވެރިން މިހާރު ވަނީ މި ކޮންފަރަންސްގެ ސައިޑްލައިން ހަރަކާތްތައް ހިންގުމަށް ހޮވާފައިވާ ސަރަޙައްދުތަކަށް ދަތުރު ފަށާފައެވެ.

އެގޮތުން ރ. އަތޮޅު، ލ. އަތޮޅު، އަރި އަތޮޅު، ވ. އަތޮޅު، ކ. އަތޮޅު، އައްޑޫ އަތޮޅު، ފުވައްމުލައް ސިޓީ އަދި ހއ.އަތޮޅާއި ހދ. އަތޮޅަށް މި ކޮންފަރެންސްގެ ބައިވެރިން ވަނީ ގޮސްފައެވެ.

މި ކޮންފަރެންސްގައި ހޯސްޓް ޕްރޮޕަޓީގެ ގޮތުގައި ކްރޮސްރޯޑްސް މޯލްޑިވްސް، ސީޕްލޭން ޕާޓްނަރެއްގެ ގޮތުގައި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)، ޑޮމެސްޓިކް އެއާލައިން ޕާޓްނަރުގެ ގޮތުގައި މޯލްޑިވިއަން، ސީ ޓްރާންސްޕޯޓް ޓްރެވަލް ޕާޓްނަރުގެ ގޮތުގައި ޖަލްބޫޓް މޯލްޑިވްސް، ޓެކްނޮލޮޖީ އެންޑް ކޮމިއުނިކޭޝަން ޕާޓްނަރުގެ ގޮތުގައި ގޮތުގައި ދިވެހިރާއްޖެގޭ ގުޅުން ޕަބްލިކް ލިމިޓެޑް (ދިރާގު)، ސަސްޓެއިނަބަލް ފިޝަރީޒް ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އާދި ސަޕޯޓިން ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން އެމްއެމްޕީއާރުސީއަށް އެހީތެރިވެދެއެވެ.