English Edition
Dhivehi Edition

ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023 ގެ ސްޕީކަރ ލައިނަޕް އާއި ބައިވެރިން ދަތުރުކުރުމަށް ހަމަޖެހިފައިވާ 08 ސަރަހައްދު ނުވަތަ ސައިޑްލައިން ރީޖަންތައް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އިން ހާމަކޮށްފިއެވެ.

ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް ގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ހަތްދިހަ އަށް ވުރެ ގިނަ ޓްރެވަލް ރައިޓަރުންނާއި ނޫސްވެރިންނާއި ބްލޮގަރުންނާއި އިންފްލުއެންސަރުންނާއި މީޑިއާގެ ތަޖުރިބާކާރުން އެއްތަންކޮށް، ރާއްޖޭގެ ރީތިކަމާއި ފުރިހަމަ މެހެމާންދާރީ ޝޯކޭސް ކުރާނެއެވެ.

މީގެ އިތުރުން، ކޮންފަރަންސްގެ ބައިވެރިންނަށް އިންތިޒާމްކޮށްފައިވާ ދަތުރުތަކުގައި ރާއްޖޭގެ ތަފާތު އަށް ސަރަހައްދަކަށް ބައިވެރިން ޒިޔާރަތްކުރާނެއެވެ. އަދި އެ ސަރަހައްދުތަކުގެ ޚާއްޞަ ސިފަތަކާއި ރީތިކަން، އަދި އެ ސަރަހައްދުތަކުގައި ބައިވެރިވެވެން ހުރި ތަފާތު ހަރަކާތްތަކުގައި ބައިވެރިވެ، އެ ކަންކަން ބައިވެރިން ތަޖުރިބާކުރާނެއެވެ.

މި ކޮންފަރެންސްގެ އިންޓަނޭޝަނަލް ސްޕީކަރުންގެ ލައިނަޕްގައި ހިމެނޭ ވާހަކަ ދެއްކުންތެރިންނަކީ ބައިވެރިންގެ ޝައުގުވެރިކަން ހޯދާ، އެ ފަރާތްތަކުގެ ވިސްނުން އައު މިސްރާބުތަކަށް ބަދަލުކޮށްލެވޭ ފަދަ ތަޖުރިބާކާރު ހުނަރުވެރި ބޭފުޅުންނެވެ. މަޝްހޫރު ޓްރެވަލް ރައިޓަރ އަދި ޓޫރިޒަމް އެކްސްޕާޓް ޑަގް ލަންސްކީ މި ކޮންފަރަންސް މޮޑަރޭޓްކުރުމުގެ އިތުރުން، ބައިވެރިންނާ މުހާތަބްކޮށް ވާހަކަ ދައްކާނެއެވެ.

މީގެ އިތުރުން ސަސްޓެއިނަބިލިޓީ ޓޯކްސްގައި އޭނާ ބައިވެރިވާނެއެވެ. ދުނިޔޭގެ ހުރިހާ ގައުމަކަށް ދަތުރުކޮށްފައިވާ ޓްރެވަލް ރައިޓަރ، ފޮޓޮގްރާފަރ، ޓްރެވަލް އެކްސްޕަރޓް، އޮންޓަޕްރަނަރ އަދި ޕަބްލިކް ސްޕީކަރ ޖެސިކާ ނަބޮންގޯ އޭނާގެ ތަޖުރިބާތަކާއި ވާހަކަތައް ހިއްސާކުރާނެއެވެ. ސަސްޓެއިނަބިލިޓީ ޓޯކްސްގައި އޭނާ ވެސް ބައިވެރިވާނެއެވެ. ދުނިޔޭގެ އިހުތިރާމް ލިބިފައިވާ ވާހަކަ ލިޔުންތެރިޔާ އަދި ކުރީގެ ޑިޕްލޮމެޓެއް ކަމަށްވާ ވިކާސް ސްވަރޫޕް، ވާހަކަ ދައްކާނީ އޭނާގެ ވާހަކަ “ކިއު އެންޑް އޭ” އަށް ބިނާކޮށެވެ.

ގިނަ އެވޯޑްތަކެއް ލިބިފައިވާ ‘ސްލަމްޑޯގް މިލިއަނަރ’ ފިލްމު ތައްޔާރުކޮށްފައިވަނީ ވިކާސްގެ މި ވާހަކައަށް ބިނާކޮށްގެންނެވެ. މީގެ އިތުރުން، ސީއެންއެންގެ މަޝްހޫރު ކޮރެސްޕޮންޑެންޓެއް ކަމަށްވާ އެލެނީ ގިއޮކޯސް، އޭނާގެ ދަތުރުތަކުގެ ތަފާތު ތަޖުރިބާތައް ބައިވެރިންނާ ހިއްސާކުރާނެއެވެ. ކޮންފަރަންސްގެ ސަސްޓެއިނަބިލިޓީ ޓޯކްސް ޕެނަލް، މޮޑެރޭޓް ކުރާނީ ވެސް އެލެނީއެވެ.

ކޮންފަރަންސްގެ ސައިޑްލައިން ދަތުރުތަކުގައި، ރައްޖޭގެ ތަފާތު ސަރަހައްދުތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު، އެ ސަރަހައްދުތަކަށް ކުރާ ތިން ދުވަހުގެ ދަަތުރުތަކުގައި، ބައިވެރިންނަށް ލިބިގެންދާނެއެވެ. މި ކޮންފަރަންސްގެ ސައިޑްލައިން ހަރަކާތްތައް ހިންގުމަށް ހޮވާފައިވާ ސަރަޙައްދުތަކަކީ ރ. އަތޮޅު، ލ. އަތޮޅު، އަރި އަތޮޅު، ވ. އަތޮޅު، ކ. އަތޮޅު، އައްޑޫ އަތޮޅު، ފުވައްމުލައް، އަދި ހއ.އަތޮޅާއި ހދ. އަތޮޅެވެ. މި ދަތުރުތަކުގައި ރާއްޖޭގެ ގުދުރަތީ އަޖައިބުތައް ދެނެގަނު، ތަޖުރިބާކޮށް، އެ ސަރަހައްދުތަކުގައި ހުރި ފޯރިގަދަ ހަރަކާތްތަކުގައި ބައިވެރިވެ، އެ ތަޖުރިބާތައް ދުނިޔެއާ ހިއްސާ ކުރުމަށް، ހަނދާން ނައްތާނުލެވޭ ފަދަ، ޝައުގުވެރި ތަފާތު ވާހަކަތަކެއް އުފެއްދުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ.

ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023 އަކީ މިހާތަނަށް ބޭއްވިފައިވާ ބައްދަލުވުންތަކާ ވަރަށް ތަފާތު ބައްދަލުވުމެކެވެ. މި ކޮންފަރަންސް އަކީ، ދަތުރުފަތުރުގެ ޞިނާއަތުގައި، އެކި ފަރާތްތަކުން ވާހަކަ ކިޔައިދޭގޮތާއި ކިޔައިދޭ ވާހަކަތައްް ބައްޓަންކުރެވިފައިވާ ގޮތުގެ މުހިންމުކަމާއި އެ ވާހަކަތަކުގެ ނުފޫޒު ކިޔާމީހުންނަށް ފޯރާ މިންވަރު، ހާމަކޮށްދޭނެ ކޮންފަރަންސެކެވެ.

މީގެ އިތުރުން، ޒިންމާދާރު ދަތުރުފަތުރާއި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރިއެރުވުމުގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި ނެޓްވާކް ކުރުމުގެ ބާރު، މި ކޮންފަރަންސްގައި ހާމަވެގެން ދާނެއެވެ. ވިޒިޓް މޯލްޑިވްސްއިން ރާއްޖޭގެ ސަގާފީ އަދި ގުދުރަތީ ތަރިކަ ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ. މި ކޮންފަރެންސްގެ އެއް މަގުސަދަކީ ރާއްޖެއަކީ ‘ސަން ސީ އެންޑް ސޭންޑް’ ގެ އިތުރުން މައިސް އާއި ސަސްޓެެއިނަބްލް ޓުއަރިޒަމްގެ މަންޒިލެއްގެ ގޮތުގައި ޕޮޒިޝަންކުރުމެވެ. އަދި އިންފްލުއެންސަރުންނާއި ބްލޮގަރުންނާއި ޓްރެވަލް ރައިޓަރުން މި ސެގްމަންޓްތަކަށް ހޭލުންތެރިކުރުމެވެ.

މި ކޮންފަރެންސްގައި ހޯސްޓް ޕްރޮޕަޓީގެ ގޮތުގައި ކްރޮސްރޯޑްސް މޯލްޑިވްސް، ސީޕްލޭން ޕާޓްނަރެއްގެ ގޮތުގައި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)، ޑޮމެސްޓިކް އެއާލައިން ޕާޓްނަރުގެ ގޮތުގައި މޯލްޑިވިއަން، ސީ ޓްރާންސްޕޯޓް ޓްރެވަލް ޕާޓްނަރުގެ ގޮތުގައި ޖަލްބޫޓް މޯލްޑިވްސް، ޓެކްނޮލޮޖީ އެންޑް ކޮމިއުނިކޭޝަން ޕާޓްނަރުގެ ގޮތުގައި ގޮތުގައި ދިވެހިރާއްޖެގޭ ގުޅުން ޕަބްލިކް ލިމިޓެޑް (ދިރާގު)، ސަސްޓެއިނަބަލް ފިޝަރީޒް ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އާދި ސަޕޯޓިން ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން އެމްއެމްޕީއާރުސީއަށް އެހީތެރިވެދެއެވެ