English Edition
Dhivehi Edition

ނ. މަނަދޫގައި މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ 20 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.

އެ މައްސަލާގައި 20 އަހަރުގެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުގެ ބަންދުގެ މުއްދަތު ޖެހުމަށްފަހު ވަކީލަކު އައްޔަން ކުރަން ފުރުސަތު ވަނީ ދީފައެވެ.

މި އަހަރު އެޕްރީލު 8 ވަނަ ދުވަހުގައި ނައީމާ ދިރިއުޅޭ ގޭގައި އޭނާ މަރާލާފައި އޮއްވައި ފެނުނުއިރު އޭނާގެ ހަށިގަނޑުވަނީ ބޮޑެތި ޒަހަމްތަކެއް ފެނިފައެވެ.

ނައީމާގެ މަރުގެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

އެ މައްސަލައާ ގުޅިގެން އެ ރަށުގައި ބޮޑު ތަހުގީގެއް ކުރިއަށް ގެންގޮސަްފައިވާއިރު ގިނަ ބައެއްގެ ޑީއެންއޭ ސާމްޕަލް ހޯދައި ޓެސްޓުކޮށްފައިވެއެވެ.

ނައިމާގެ މަރާ ގުޅޭ މުހިއްމު ހެކިތަކެއް ހޯދިފައިވާކަން ހާމަކޮށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފައިވާކަމަށާއި، އެ މައްސަލައިގެ ތަހުގީގަށް މުހިއްމު ހެކިތަކެއް ހުރި ތަނެއް ފުލުހުން ބަލައި ފާސްކުރަމުން އަންނަ ކަމަށެވެ.

ޓެގު