English Edition
Dhivehi Edition

މާލޭ އާސަހަރާ ތަރައްޤީކުރުމުގެ މަސައްކަތް މިއަދު ފަށާނެކަމަށް މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

އާސަހަރާ ތަރައްޤީ ކުރުމާއި ގުޅޭގޮތުން ކައުންސިލުން ކުރި އިޢުލާނެއްގައި https://www.gazette.gov.mv/iulaan/242385 ބުނެފައިވަނީ އާސަހަރާ ތަރައްޤީކުރުމަށް ނިންމާ މި މަޝްރޫޢުގެ ދަށުން އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ކުރަންޖޭހޭ މަސައްކަތްތައް 27 މެއި 2023 އިން ފެށިގެން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދަން ނިންމާފައިވާކަމަށެވެ.

ނަމާދު ވަގުތުތައް ނޫން ވަގުތުތަކުގައި މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އާސަހަރާގެ މިސްކިތުގައި ނަމާދުކުރެވޭނެ އިންތިޒާމްތައް ހަމަޖެހިފައިވާނެ ކަމަށް ވެސް އިޢުލާނުގައި ބުނެފައިވެއެވެ.

އާސަހަރާ ތަރައްޤީ ކުރުމަށްޓަކައި އިމާރާތަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް ދެ މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ޒަމާންތަކަކަށްފަހު މާލެސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އާސަހަރާ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމީ ހަތަރުވަނަ ދައުރުގެ 99 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

ސަހަރާ ތަރައްޤީ ކުރުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައިވަނީ އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުންނަށް ނަމާދުކުރުމަށް ކަނޑައެޅިފައިވާ ޖާގަ އިތުރުކުރުމާއި، އަންހެން ބޭފުޅުންނަށް ޙާއްޞަކޮށް ވުޟޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި އަދި ހިތާމަވެރިި ވަގުތުގައި ސަހަރާގައި މަޑުކޮށްލައިގެން ތިބެވޭނެ ވެއިޓިން އޭރިއާ އަކާއި އެކުގައެވެ.

އާސަހަރާގެ އިތުރުން މާލެސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކާއި އެނޫންވެސް ތަންތަނުގެ އާބާތުރަ ފިލުވުމުގެގޮތުން ގިނަ މަސައްކަތްތަކެއް ހަތަރުވަނަ ދައުރުގެ ކައުންސިލުން ދަނީ ކުރަމުންނެވެ.