English Edition
Dhivehi Edition

މާލެއިން ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ފެނިފައިވާކަމަށާ އޭނާގެ ހާލު ރަނގަޅުކަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ދ. ކުޑަހުވަދޫ، ދިލްކަޝްވިލާ، އުމުރުން 30 އަހަރުގެ ޢަލީ އާތިފް ސާފީއެވެ. ފުލުހުން ބުނީ އާއިލާއަށް އެންމެ ފަހުން އޭނާގެ ހަބަރެއް މިމަހުގެ 12 ވަނަ ދުވަހުކަމަށެވެ. މިމައްސަލަ ފުލުހަށް ރިޕޯޓްކުރަމުން އައިލާއިން ވަނީ އާތިފް ގެ ޚަބަރެއް އާއިލާއަށް އެންމެފަހުންވީއިރު، އޭނާ ހުރީ މާލޭގައި ކަމަށް ބުނެފައެވެ. އޭނާ އަކީ ރިސޯޓެއްގައި މަސައްކަތްކުރާ މީހެއްކަމަށްވެސް އާއިލާއިން ވަނީ ބުނެފައެވެ،

މާލެއިން ޒުވާނަކު ގެއްލިގެން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

މިއަދު އޭނާ ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިފައިވާއިރު އޭނާ ފެނުނީ ކޮންތަނަކުންކަމެއް އަދި މިކަމާ ގުޅޭ އިތުރު ތަފްސީލެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.