English Edition
Dhivehi Edition
ފުލުހުން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންސްޕެކްޓާ ސާމިހު: ފޮޓޯ: މިހާރު

ފުލުހުންގެ ޑެތު އެންޑް ހޯމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގައި އިސްކޮށް ހުންނަވާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް މަގާމުން ވަކިކޮށްފިއެވެ.

ސާމިހު އެ މަގާމުން މިއަދު ވަކިކޮށް، ފުލުހުންގެ އެހެން ޑިޕާޓްމަންޓަކަށް ވެސް ވަނީ ބަދަލުކޮށްފައެވެ. މައުލޫމާތު ލިބޭގޮތުގައި ސާމިހް ބަދަލުކޮށްފައި ވަނީ ފުލުހުންގެ ތަހުގީގުތަކުގެ މިންގަނޑު ކަނޑައަޅާ ޑިޕާޓްމެންޓަށެވެ.

ހޯމިސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓްގެ ވެރިޔާގެ މަގާމުން ސާމިހު ވަކިކުރިއިރު އޭނާ ހުންނެވީ ޗުއްޓީއެއްގައެވެ.

ސާމިހް މަގާމުން ވަކިކޮށްފައިވަނީ، މިދިޔަ މަހުގެ 18ވަނަ ދުވަހު، އުމުރުން 21 އަހަރު ހައްވާ ޔުމްނު، ހ. ފެންޓޯނިއާގެއާ ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ފުލުހުން ތަހުގީގު ކުރާ ގޮތާ ގުޅޭ ގޮތުން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

އުމުރުން 21 އަހަރުގެ ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގު ކުރުމުގައި ސާމިހު އިސްކޮށް ހުންނެވިއިރު، އެ ތަހުގީގާ މެދު ބޮޑެތި ސުވާލުތައް ވަނީ އުފެދިފަ އެވެ. އެ ތަހުގީގުގެ ކުރީކޮޅު ފުލުހުން އަމަލުކުރި ގޮތާމެދު ކަންބޮޑުވުންތައް އޮތްއިރު، އެކަން ބެލުމަށް ރިޔާސީ ކޮމިޝަނެއް ވެސް ވަނީ އެކުލަވާލައިފަ އެވެ.

ޓެގު