English Edition
Dhivehi Edition

ދުނިޔޭގެ މުވާސަލާތީ ދުވަހުގެ މުނާސަބަތުގައި ދިރާގުން 100ޖީބީގެ މުޅިން އައު ޑޭޓާ ޕެކްތަކެއް އެކުންފުނީގެ ކަސްޓަމަރުންނަށް ތަޢާރަފްކޮށްފިއެވެ.

މި އައު ޑޭޓާ ޕެކްތައް ތަޢާރަފްކޮށްފައިވާނީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ޕްރެސް ކޮންފެރެންސްއެއްގައެވެ.

ދިރާގުގެ މެނޭޖަރ ކަސްޓަމަރ ވެލިއު މެނޭޖްމެންޓް، އައިޝަތު އިޝާނާ ވިދާޅުވީ މިއަހަރުގެ ދުނިޔޭގެ މުވާސަލާތީ ދުވަސް ފާހަގަކުރާއިރު، ވޭތުވެދިޔަ 34 އަހަރު ދުވަހުގެ ތެރޭގައި ކަސްޓަމަރުން އެ ކުންފުނިން ކެނޑިނޭޅި ކުރައްވަމުން ގެންދަވާ އިތުބާރަށް ޝުކުރު ދަންނަވާ ކަމަށެވެ.

100ޖީބީގެ މި އައު ޑޭޓާ ޕެކްތަކާއެކު ކަސްޓަމަރުންގެ ޑޭޓާ ބޭނުންތައް ފުރިހަމަވެ، ކޮންމެ ކަމަކަށް މި ޑޭޓާ ބޭނުންކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުޅިން އަލަށް ތައާރަފްކުރި 100ޖީބީގެ ޑޭޓާ ޕެކްތަކަކީ 100 ޖީބީ 3 ދުވަހުގެ މުއްދަތަށް 100 ރުފިޔާއަށް، 100ޖީބީ 7 ދުވަހުގެ މުއްދަތަށް 225 ރުފިޔާއަށް އަދި 100ޖީބީ 14 ދުވަހުގެ މުއްދަތަށް 400 ރުފިޔާއަށް އެވެ.

މީގެ އިތުރުން 100ޖީބީ 21 ދުވަހުގެ މުއްދަތަށް 550 ރުފިޔާއަށާއި 100ޖީބީ 30 ދުވަހުގެ މުއްދަތަށް 750 ރުފިޔާއަށް ލިބޭ ޕްކެއް ވެސް ވަނީ ތަޢާރަފް ކޮށްފައެވެ.

މި ޑޭޓާ ޕެކްތައް ދިރާގު އެޕް މެދުވެރިކޮށް ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެކްޓިވޭޓްކޮށްލެވޭނެއެވެ. އަދި މި ޑޭޓާ ޕެކްތަކާ ބެހޭ އިތުރު މަޢުލޫމާތު https://bit.ly/3odf8z5 އިން ލިބޭނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.

ޓެގު