English Edition
Dhivehi Edition

އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފަށް މަސައްކަތް ކުރިމައްސަލައިގައި، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެ ޕާޓީން ވަކި ކުރީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކަމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީއިން ބުނެފިއެވެ،

އެމްޑީޕީން ބުނީ ދެން އަލުން އަލީ އާޒިމަށް އެމްޑީޕީއަށް ވަދެވޭނީ އެޕާޓީއަށް ވަންނަން އެދޭ 100 މީހުންގެ ސައްހަ ފޯމާއެކު ޕާޓީއަށް ވަންނަން އެދޭ ފޯމު ހުށަހެޅުމުން ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީ އިން ބުނީ އެއް އަހަރަށް ފަހު އާޒިމަށް އަލުން އެމްޑީޕީއަށް ވަދެވުނު ނަމަވެސް ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އެމްޑީޕީގެ އެތެރޭގެ އެއްވެސް އިންތިހާބެއްގައި އޭނާއަށް ވާދައެއް ނުކުރެވޭނެކަމަށެވެ.

އެމްޑީޕީއިން އަލީ އާޒިމް އާއި ދެކޮޅަށް ފިޔަވަޅު އަޅާފައިވަނީ ޗާގޮސް މައްސަލާގައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ އިތުބާރު ނެތް ކަމުގެ ވޯޓުތަކުގެ ތެރެއިން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ މައްސަލާގައި ސޮއި ކުރެއްވުމާއި ގުޅިގެންނެވެ. އަދި އިދިކޮޅު މުޒާހަރާއާ ގުޅޭ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމާ ގުޅިގެންނެވެ.