މާލެއާއި ވިލިމާލޭގެ މަގުތައް ބެލެހެއްޓުމުގައި މިއަދުން ފެށިގެން މާލެސިޓީ ކައުންސިލްގެ 78 އޮފިސަރުން ޙަރަކާތްތެރިވާން ފަށައިފިއެވެ. ސިޓީ ކައުންސިލުން އަލަށް ތަޢާރަފްކުރި ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ މަސައްކަތް އާދީއްތަ ދުވަހުގެރޭ ވަނީ އިފްތިތާހްކޮށްފައެވެ. އެކަމަށްޓަކައި ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ މާލެ ސިޓީ ގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
ރޭގެ ހަފްލާގައި ވަނީ އެ ކައުންސިލުން އަލަށް އުފެއްދި ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުގައި، މަގުފާރަވެރިން ނުވަތަ ކޮމިއުނިޓީ އެންގޭޖްމަންޓް އޮފިސަރުންގެ ގޮތުގައި މަސައްކަތް ކުރައްވާ ސުޕަވައިޒަރުންނާޢި އޮފިސަރުންނަށް ލިޔުން ހަވާލުކޮށްފައެވެ. މާލެ ސިޓީ ކައުންސިލުން ނެގި މަގުފާރަވެރިންގެ ތެރޭގައި ހިމެނެނީ 18 އަންހެނުންނާއި 60 ފިރިހެނުންނެވެ. މާލޭގައި ކޮމިއުނިޓީ އެންގޭޖްމަންޓް އޮފިސަރުން ބޭތިއްބުމަކީ މާލެ ސިޓީ ކައުންސިލުން އެ ކައުންސިލްގެ މިހިނގާ ދައުރަށް އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަމެކެވެ. މާލެސީޓީ ކައުންސިލުން ބުނީ މި މަޝްރޫޢުގެ މަޤްޞަދަކީ މާލެސިޓީގެ މަގުތަކާ ގުޅޭ ހުރިހާ މައްސަލަތަކެއް ހައްލުކުރުން ކަމަށެވެ.ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓް” ބަލަހައްޓާ ހިންގުމުގެ ކަންކަން ހަވާލުކޮށްފައިވަނީ ކުރީގެ ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް އަހުމަދު ސައުދީއާ އެވެ.
ޚާއްސަ ޔުނީފޯމެއްގައި މި އޮފިސަރުން 2 ޝިފްޓެއްގައި މަގުމަތި ބަލަހައްޓަމުން ދާނެކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތު ދެއެވެ. ރޭގަނޑު 12 އިން 8 ދެމެދު ފިޔަވާ ހުރިހާ ވަގުތެއްގައި މަގުތަކުގައި އޮފިސަރުން ޑިއުޓީ ކުރާނެ އެވެ.
”އަޅުގަނޑުމެން ބޭނުން މާލެ ސިޓީ އަކީ މާލެސިޓީ ކައުންސިލްގެ މުވައްޒަފުންތަކެއް ނުކުމެ އަބަދުވެސް މަގުމަތި ބަލަހައްޓާ ޓްފެރިކްގެ ކަންކަން ވިޔަސް ޕާކިން ވިޔަސް ކުނީގެ މައްސަލަ ވިޔަސް އަދި ނުގަވާއިދުން ޕޭވްމެންޓް މަތީގައި ބަހައްޓާފައި ހުންނަ ތަކެތީގެ މައްސަލަވިޔަސް ރައްކާތެރިނޫން ގޮތަކަށް އިމާރާތެއްގެ މަސައްކަތް ކުރުން ކަމަށްވިޔަސް މަގުމައްޗަށް ހުންނަ ހުރިހާ މައްސަލައެއް ބަލާނެ ޓީމެއް އުޅެން. މިހެން ބެލެހެއްޓީމަ މަގުމަތީގެ މައްސަލަތައް ހައްލުކުރުމަށް އެބަ އެޅޭ މުހިންމު ފިޔަވަޅެއް.” މިކަމާގުޅޭ މައުލޫމާތު ދެއްވުމަށް މެއި 4 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު ވިދާޅުވެފައިވެއެވެ.
ކައުންސލްގެ މުވައްޒަފުން އެންމެ ފުރަތަމަ މަސައްކަތް ކުރާނީ އެމީހެއްގެ އެއްބާރުލުމާއެކު މައްސަލަ ހައްލު ކުރަން ކަމަށް މޭޔަރު ވިދާޅުވި އެވެ. ނަމަވެސް މަރުހަލާތަކަށްފަހު ވެސް މައްސަލަ ހައްލު ނުކޮށްފިނަމަ، ފިޔަވަޅު އަޅައި ޖޫރިމަނާވެސް ކުރާނެއެވެ. “ފުރަތަމަ ދެތިން މަހު އަޅުގަނޑުމެން ފައިސާއިން ޖޫރިމަނާކުރުން ކަހަލަ ކަމެއް ނުކުރާނަން. އެވެއާ ކޮށްދީގެން ކަން ކުރަންވީގޮތް ދައްކައިގެން ހަމަ މަގަން އެޅުވުން މަޤްޞަދަކީ” މާލޭސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު