English Edition
Dhivehi Edition

މާލޭ ސިޓީގެ އެންމެފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.

އޭނާ މިކަން ހާމަކުރައްވާފައި މިވަނީ އެމްޑީޕީގެ ބައެއް އިސްފަރާތްތަކާއި އެކު އޭނާ ނަންގަވާފައިވާ ފޮޓޯ އެއް ސޯޝަލްމީޑިއާގައި ދައުރުވަމުން ދަނިކޮށެވެ.

އޭނާ ވިދާޅުވީ ރައީސް ސާލިހަކީ އެމްޑީޕީގެ މައިގަނޑު އަސާސްތައް ގަބޫލުފުޅު ކުރައްވާ ބޭފުޅަކަށްވާތީ، ތާއީދު ކުރައްވަން ނިންމެވީ ކަމަށެވެ.

މީގެ އިތުރުން ރައީސް ސާލިހަށް ދެވަނަ ދައުރެއް ދޭންޖެހޭ ކަމަށް ގަބޫލުކުރައްވާކަން ހާމަކުރައްވާ އޭނާ ވިދާޅުވީ ރައީސް ސާލިހަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭވަރަށް މަސައްކަތް ކޮށްދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

ވެރިކަން ކުރާ މައި ކޯލިޝަން، އެމްޑީޕީ ގެ ތެރޭގައި ބައިބައިވުން އުފެދި ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން “ފިކުރެއްގެ ދިރުން” ނަމުގައި ހަރަކާތެއް ހިންގަމުން އަންނައިރު، ރައީސް ސާލިހަށް ތާއީދު ނުކުރަށްވާނެ ކަމަށް ވިދާޅުވެ، ޖުމުހޫރީ ޕާޓީއާއެކު ކޯލިޝަންހެދުމަށް ވަނީ ނިންމާފައެވެ.

އެހެން ނަމަވެސް ރައީސް ސާލިހާއެކު މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމަށް މިހާތަނަށް އަދާލަތު ޕާޓީ އާއި އެމްޑީއޭ އިން ވަނީ ނިންމާފައެވެ.