English Edition
Dhivehi Edition

ލ. ގަމު ދާއިރާގެ ރައްޔިތުންގެ ހުވަފެން ހަގީގަތަކަށް ހައްދަވާ، ކައްދޫ އެއާޕޯޓު އެމްއެންޕީގެ ސަރުކާރެއްގައި އެންމެ ފުރަތަމަވެސް އިސްކަމެއްދީގެން އިންޓަނޭޝަނަލް އެއާޕޯޓަކަށް ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހައްދަވައިދެއްވާނެ ކަމަށް އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކެންޕެއިން ހަރަކާތްތައް އިތުރުކުރުމަށް ލ.ގަން، މުކުރިމަގުގައި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ކެމްޕެއިން ޖަގަހައެއް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ ލ. ގަމުގައި އެމަނިކުފާނު މީގެ 20-30 އަހަރު ކުރިން ބޭސް ކޮމާންޑަރަކަށް ހުންނެވިއިރުގެ އިޙުސާސް ކުރެވޭ ކަމަށެވެ. އަދި ކައްދޫ އެއާޕޯޓަށް ދިއުމުން ފެންނަނީ އެއްމަންޒަރެއް ކަމަށާއި، ޒުވާން އުމުރުފުރައިގައި އެ ފެނުނު ކައްދޫ އެއާޕޯޓު އަދިވެސް ފެންނަކަމަށް ވިދާޅުވިއެވެ

އިތުރަށް ނާޒިމް ވިދާޅުވިގޮތުގައި 10 އަހަރުވެގެން މި ދިއަ 2 ދައުރުގައި އެރަށް ކޮށްދެވުނީ ކޮންކަމެއްތޯ ރަށުގެ ރައްޔިތުން ވިސްނާވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.

ސަރުކާރުތަކުން ލ. ގަމު ދާއިރާއަށް އިޙުމާލުވެފައިވާ މިންވަރަށް އިޝާރާތް ކުރައްވަމުން ނާޒިމް ވިދާޅުވީ ގަމުގެ 3 އަވަށަށް ބަލާލިއަސް ކަރަންޓާއި ފެނާއި އަދި ނަރުދަމާ އަޅާލުމަކުން ނުފުދޭ ކަމަށާއި، އެއްވެސް ތަރައްޤީއެއް އަދި ރައްޔިތުންގެ ޖީބަށް އެއްޗެއް ލިބޭނެގޮތެއް ހެދުނުތަނެއް ނުފެންނަ ކަމަށެވެ.

މިދަތުރުގައި ލ. އަތޮޅުން އެމްއެންޕީއަށް ގިނަ އަދަދެއްގެ މެންބަރުން ވަނީ ގުޅިފައެވެ.

މި ރަސްމިއްޔާތުގައި ޕާޓީގެ ރައީސްގެ އިތުރުން އެމްއެންޕީގެ ނާއިބް ރައީސް އަބްދުﷲ ރިޔާޒުއާއި ނާއިބް ރައީސް މުޙައްމަދު ޝިހާބްގެ އިތުރުން ލ. އިސްދޫ ދާއިރާގެ ރައީސާ ހައްވާ އިނާ ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން މިރަސްމިއްޔާތުގައި ޕާޓީގެ ގިނަ އަދެއްދެއްގެ މަންބަރުންނާއި ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ ވަރަށް ގިނަ ފަރާތްތައް ބައިވެރިވެފައިވެއެވެ.