English Edition
Dhivehi Edition
ގެއްލިގެން ހޯދަމުންދާ ޏ. ފުވައްމުލައް / ދޫޑިގަން، ރަންދެލިގެ ހަސަން ޖަމީލް

ފުވައްމުލައް ސިޓީއަށް ނިސްބަތްވާ މީހެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނީ ފުވައްމުލައް ސިޓީ، ދޫޑިގަން / ރަންދެލިގެ ހަސަން ޖަމީލް ޖަމަށެވެ.

އުމުރުން 30 އަހަރުގެ ޖަމީލުގެ ޚަބަރެއްނުވެގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މެއި މަހުގެ 9 ވަނަ ދުވަހުގެ ރޭ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އޭނާ އެންމެ ފަހުން އާއިލާއަށް ޚަބަރެއް ވެފައިވަނީ މެއި 7 ވަނަ ދުވަހު ކަމަށާއި އޭނާ މާލޭގައި ހުރިކަމަށް އާއިލާއަށް ގުޅާފައި ބުނެފައިވާ ކަމަށް، ޖަމީލުގެ ޢައިލާ އާ ހަވާލާދީ ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ ހަސަން ޖަމީލްގެ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފުވައްމުލައް ސިޓީ ޕޮލިސް ސްޓޭޝަންގެ 9792803 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައެވެ.