އައްޑޫސިޓިގެ ބައެއް އާންމު ތަންތަނާއި މައިޒާންތަކަށް ދީފައިވާ ނަންތައް އާއްމުކޮށް އިއުލާންކޮށްފިއެވެ.
ނަންތައް އާންމުކޮށް އައްޑޫސިޓީ ކައުންސިލުން އިއްޔެ ވަނީ ތަންތަނުގެ ނަމާއި ސަރަހައްދުގެ ނަން އެނގޭގޮތަށް އިއުލާންކޮށްފައެވެ.
އެގޮތުން 5 ތަނެއްގެ ނަން ވަނީ އާންމުކޮށްފައެވެ. އެއީ ގައުކެނޑި ބްރިޖާއި ހިތަދޫ މެދެއާރިމަގު މާކިޅީގެ އައްސޭރީގައި ކައުންސިލުން ހަދާފައިވާ މައިޒާނާއި މަރަދޫފޭދޫ ރައްޔިތުންގެ ހިޔާ/ މަރަދޫފޭދޫ މުސްކުޅިންގެ ޕާކު ގެ އިތުރުން ހިތަދޫ އުތުރުދާއިރާގެ ޖިމްސެޓް ހުރި ތަނެވެ.
| އާއްމުކޮށް ކިޔާނަން / ތަން | ފާސްކުރެވުނު ނަން |
| ގައުކެނޑި ބްރިޖް | ގައުކެނޑި ބްރިޖް |
| ހިތަދޫ މެދެއާރިމަގު މާކިޅީގެ އައްސޭރީގައި ކައުންސިލުން ހަދާފައިވާ މައިޒާން | މާކިޅި ފިނި މައިޒާން |
| މަރަދޫފޭދޫ ރައްޔިތުންގެ ހިޔާ / މަރަދޫ ފޭދޫ މުސްކުޅިންގެ ޕާކު | އިސްރަށްވެހިންގެ ހިޔާ |
| ހިތަދޫ އުތުރު ދާއިރާގެ ޖިމްސެޓު ހުރިތަން | ކުދުވާޑެ ޖިމް |
“މިއީ ރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 41 ވަނަ މާއްދާގެ (ގ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އައްޑޫސިޓީގެ ބައެއް އާއްމު ތަންތަނާއި މައިޒާންތަކަށް ތިރީގައިވާ ގޮތަށް ނަންދިނުމަށް އައްޑޫސިޓީ ކައުންސިލުން ނިންމަވާފައިވާތީ އެކަން އާއްމުކޮށް އަންގައި އިއުލާންކުރީމެވެ” ކައުންސިލްގެ އިއުލާނުގައި ވެއެވެ.