English Edition
Dhivehi Edition
މ. ސްޓާ ކްލައުޑްސް އިމާރާތް - ފޮޓޯ: ވަން އޮންލައިން/މުޙައްމަދު އައުޒަމް

އޮޑިޓަރ ޖެނެރަލްގެ އޮފީސް (އޮޑިޓް އޮފީސް) ކުރީގެ ސްޓާ ސިނެމާ އިމާރާތަށް ބަދަލުކޮށްފިއެވެ.

މިގޮތުން އޮޑިޓް އޮފީހުން މިއަދު ހާމަކޮށްފައިވާ ގޮތުގައި އެ އޮފީސް މީގެ ފަހުން ހިނގަމުންދާނީ މާލޭ ސްޓާ ކްލައުޑްސް އިމާރާތުގައި ކަމަށެވެ. އަދި އެ އޮފީހުގެ ރިސެޕްޝަނުގެ ޚިދުމަތް އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާއިން ލިބޭނެ ކަމުގައިވެސް އޮޑިޓް އޮފީހުން ހާމަކޮށްފައިވެއެވެ.

ސްޓާ ކްލައުޑްސް އިމާރާތުގައި މިހާރުވެސް ބައެއް އޮފީސްތަކާއި ސަރުކާރުގެ ބައެއް އިދާރާތަކުގެ ޚިދުމަތްތައް ދެމުންގެންދެއެވެ. މިގޮތުން ބޭންކް އޮފް މޯލްޑިވްސްއާއި އިމިގްރޭޝަންގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީވެސް ހިންގަމުންދަނީ މި އިމާރާތުގައެވެ.