English Edition
Dhivehi Edition
މިނިސްޓަރ ޝާހިދު، ސާރބިއާގެ ޚާރިޖީ ވަޒީރު އިވިކާ ޑަޗިޗްއާއެކު - ފޮޓޯ: ޓްވިޓާ (ޢަބްދުﷲ ޝާހިދު)

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި 8 – 10 މެއި އަށް ސާބިއާގެ ބެލްގްރޭޑް އަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ސާބިއާގެ ފުރަތަމަ ނައިބު ބޮޑުވަޒީރު އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިވިކާ ޑަޗިޗްއާ އެކު ދެގައުމުގެ މަޝްވަރާތައް ބާއްވަން ހަމަޖެހިފައިވެއެވެ. މި ދަތުރުފުޅުގައި މިނިސްޓަރު ޝާހިދު މުހިއްމު ފަސް އެއްބަސްވުމެއްގައި ސޮއި ކުރައްވާނެއެވެ.

ރާއްޖެއާއި ސާބިއާއާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ ފަސް އެއްބަސްވުމަކީ؛

  1. ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް ގެންގުޅޭ ފަރާތްތަކަށް ވިސާ އުވާލުމާ ބެހޭ ގޮތުން ދިވެހި ސަރުކާރާއި ސާބިއާ ސަރުކާރާ ދެމެދު ވެވޭ އެއްބަސްވުން
  2. ވިޔަފާރިއާއި އިންވެސްޓްމަންޓާއި އިޤްތިޞާދީ އެއްބާރުލުމާ ގުޅޭގޮތުން ދިވެހި ސަރުކާރާއި ސާބިއާ ސަރުކާރާ ދެމެދު ވެވޭ އެއްބަސްވުން
  3. ދިވެހި ސަރުކާރާއި ސަރބިއާ ސަރުކާރާ ދެމެދު އެއަރ ސަރވިސަސް އެގްރީމަންޓް
  4. ޑިޕްލޮމެޓިކް އެޑިއުކޭޝަންގެ ދާއިރާއިން އެއްބާރުލުން ދިނުމާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއާއި ސާބިއާގެ ޚާރިޖީ ވުޒާރާއާ ދެމެދު ވެވޭ އެއްބަސްވުން
  5. ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ސާބިއާގެ ސްޕޯޓްސް މިނިސްޓްރީއާ ދެމެދު ކުޅިވަރުގެ ދާއިރާއިން ވެވޭ އެއްބަސްވުން

މިއީ މިނިސްޓަރު ޝާހިދު ސާބިއާއަށް ކުރައްވާ ދެވަނަ ރަސްމީ ދަތުރުފުޅެވެ. މިއީ ސާބިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ޚާރިޖީ ގުޅުން އިތުރަށް ބަދަހިކޮށް ފުޅާކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމުގައި ޚާރިޖީ ވުޒާރާއިން ހާމަކުރެއެވެ.