English Edition
Dhivehi Edition

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން ޗައިނާ މާކެޓަށް ވެއިބޯ އަދި ވީޗެޓްގައި ސޯޝަލް މީޑިއާ މާކެޓިންގ ކެމްޕޭނެއް ފަށައިފިއެވެ.

މާރިޗް މަހުން ފެށިގެން މެއި 2023 އަށް ބާއްވާ މި ކެމްޕޭނަކީ ޗައިނާގައި ބޯޑަރު އަލުން ހުޅުވާލުމާއި ގުޅިގެން ސޯޝަލް މީޑިޔާގައި ރާއްޖެ އިޝްތިހާރު ކުރުމުށް ކުރިއަށްގެންދާ ކެންޕޭނެކެވެ. މީގެ އިތުރުން ޗައިނާގެ ދަތުރުވެރިން ދިވެހިރާއްޖެއަށް ދަތުރުކުރަން ޝައުގުވެރިކުރުމަށް އިތުރުކުރުމަށް ކުރިއަށްގެންދާ ކެމްޕޭނެކެވެ.

ސޯޝަލް މީޑިއާއަކީ ޗައިނާ މާކެޓަށް ވަރަށް މުހިއްމު މީޑިއަމްއެކެވެ. ޗައިނާ މާކެޓްގައި ދިވެހިރާއްޖެ އިޝްތިހާރުކޮށް ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމަށްޓަކައި ކޮވިޑް-19ގެ ލޮކްޑައުން ތެރޭގައިވެސް މިކެމްޕެއިން ވަނީ ކާމިޔާބު ކަމާއެކު ކުރިއަށްގެންގޮސްފައިވެއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ތަޖުރިބާތަކާއި ސެގްމެންޓްތައް އިޝްތިހާރުކޮށް 45 އޮރިޖިނަލް ޕޯސްޓާއި 12 އޮރިޖިނަލް އާޓިކަލް ވިޒިޓް މޯލްޑިވްސްގެ ވެއިބޯ އަދި ވީޗެޓްގައި ޕޯސްޓްކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ދިވެހިރާއްޖެއަށް ހިލޭ ޗުއްޓީއެއް ދިނުމުގެ ކެމްޕޭނެއް ވެސް ކުރިއަށް ގެންދާނެއެވެ. މި ކެމްޕެއިން ޗައިނާ މާކެޓުގެ 1.4 މިލިއަން މީހުންނާ ހަމައަށް ފޮރާނެ ކަމަށް ލަފާކުރެވެއެވެ.

ވީޗެޓަކީ މަހަކު 1.17 ބިލިއަން މީހުން ބޭނުންކުރާ ޗައިނާގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމެވެ. އަދި ވެއިބޯއަކީ މަހަކު 530 މިލިއަން މީހުން ބޭނުންކުރާ ޗައިނާގައި ދެވަނައަށް އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމެވެ. އަދި މި ޕްލެޓްފޯމްތަކަކީ ޗައިނާގެ އެންމެ ނުފޫޒުގަދަ ދެ ޕްލެޓްފޯމެވެ. މި އަހަރު ޗައިނާއިން ދިވެހިރާއްޖެއަށް ޖެއްސި ފުރަތަމަ ޑައިރެކްޓް ފްލައިޓްގެ ހަބަރު ވެގެންދިޔަނީ ވެއިބޯގައި ޓްރެންޑިންގް ޓޮޕިކަކަށެވެ. މި ކެމްޕެއިން މެދުވެރިކޮށް އޭރު ލިބުނު ސަމާލުކަން ބޭނުންކޮށް ދިވެހިރާއްޖެ އިތުރަށް ޕްރޮމޯޓްކުރުމަށްވެސް ހަމަޖެހިފައިވެއެވެ. މީގެ ކުރިން ވެސް އެމްއެމްޕީއާރުސީއިން ވަނީ ޗައިނާގެ ބާޒާރަށް އަމާޒުކޮށްގެން މިފަދަ 17 ވީޗެޓް އަދި ވެއިބޯ ކެމްޕޭން ހިންގައި، ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

ޗައިނާ މާކެޓަކީ 2020 ވަނަ އަހަރުގެ ކުރިން ދިވެހިރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރި ސޯސް މާކެޓެވެ. 2019 ވަނަ އަހަރު 284,029 (16.7 އިންސައްތަަ) ފަތުރުވެރިން ޗައިނާއިން ދިވެހިރާއްޖެއަށް ދަތުރުކުރިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރު ޗައިނާގެ ބޯޑަރުތައް ބަންދުކުރުމުން އެރައިވަލްސްގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ބޯޑަރުތައް އަލުން ހުޅުވާލުމާއެކު 18 ޖެނުއަރީ 2023 ގައި ޗައިނާއިން ފުރަތަމަ ޑައިރެކްޓް ފްލައިޓް ރާއްޖެއައެވެ. މިހާރު ޗައިނާ ވަނީ ޓޮޕް 10 ސޯސް މާކެޓްގެ ތެރެއަށް އަލުން އަރާފައެވެ. 29 އޭޕްރީލް 2023ގެ ނިޔަލަށް 30،353 (4.4 އިންސައްތަ) ފަތުރުވެރިންނާއި އެކު ޗައިނާ އަކީ މިހާރު މި އަހަރުގެ 6 ވަނަ އެންމެ ބޮޑު މާކެޓެވެ.

މި އަހަރު ޗައިނާ މާކެޓަށް އަމާޒުކޮށްގެން ރާވާފައިވާ މާކެޓިންގ ހަރަކާތްތަކުގެ ތެރޭގައި އީ-ލާނިންގ ތަމްރީން ކުރުމުގެ ކެމްޕޭނަކާއި އައުޓްޑޯ އެޑްވަޓައިޒިންގ ކެމްޕޭންތައް، ޖޮއިންޓް ޕްރޮމޯޝަން ކެމްޕޭންތައް، ފެމިލިއަލައިޒޭޝަން ދަތުރުތައް އަދި ސޯޝަލް މީޑިއާ ކެމްޕޭންތަކުގެ އިތުރުން އައިޓީބީ ޗައިނާ ފަދަ ފެއަރތަކުގާ ބައިވެރިވުން ހިމެނެއެވެ.