English Edition
Dhivehi Edition
ކޮންސްޓްރެކްޝަން މިނިސްޓްރީ އާއި އޭއައިއައިބީ އެކު ބޭއްވި ބައްދަލުވުން / ފޮޓޯ: ކޮންސްޓްރެކްޝަން މިނިސްޓްރީ

ތިލަފުށިން ޔޫޓީއެފް އަށް ގިރާވަރު މެދުވެރިކޮށް ބްރިޖެއް އެޅުމުގެ މަޝްރޫއުގެ ފީސިބިލިޓީ ދިރާސާ ހެދުމާއި ގުޅޭގޮތުން މިނިސްޓަރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބް، އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) ގެ އިސްވެރިންނާ މަޝްވަރާކޮށްފިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޑރ. މުއްޠަލިބް ވިދާޅުވީ، މި މަޝްރޫޢަކީ ކުރިމަގުގައި މި ސަރަޙައްދުގެ ގުޅުން ބަދަހިކޮށް، އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫޢެއް ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި މީހުން ދިރިއުޅޭ ގާތްގަނޑަކަށް 187 ރަށް އޮތްއިރު މިރަށްރަށުގައި އުމްރާނީ ތަރައްޤީ ކުރިއެރުވުމަށްޓަކައި ގިނަގުނަ މަޝްރޫއުތަކެއް މިހާރުވެސް ހިންގަމުންދާކަން މިނިސްޓަރި ފާހަގަކުރެއްވިއެވެ. އަދި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކުން މިހާރުވެސް ރާއްޖޭގައި 4 މަޝްރޫއެއް ހިންގުމަށް ފަންޑިންގް ދޫކޮށްފައިވާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑް މެނޭޖްމަންޓް ހެލްތް ޕްރިޕެއާރޑްނެސް ޕްރޮޖެކްޓް ގެ އިތުރުން ގްރޭޓަރ މާލެ އޭރިއާގައި ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢު އަދި ސޯލަރ ޕަވަރ ޑިވެލޮޕްމަންޓް ފަދަ މަޝްރޫއުތަކަށް އޭއައިއައިބީ އިން ދިން އެހީތެރިކަން ވަނީ ފާހަގަކޮށްފައެވެ.