English Edition
Dhivehi Edition

30 މީހުންނާ އެކު ދަތުރުކުރަމުން ދިޔަ ލޯންޗެއް ގެއްލިޖެއެވެ.

އެމްއެންޑީއެފް އިން ބުނީ މިއީ މާލެއިން ފުރައިގެން ދ. މީދޫ އަށް ދަތުރުކުރި “ވިޝަން އެކްސްޕްރެސް” ނަމަކަށް ކިޔާ ލޯންޗެއް ކަމަށެވެ.

ފ. ފީއަލިން 7 ނޯޓިކަލް ބޭރުން ދަތުރު ކުރަމުން ދިޔަ މި ލޯންޗަށް ރާޅެއް އަރައި ދިޔަވަމުންދާ ކަމުގެ މައުލޫމާތު ކޯސްޓް ގާޑަށް ލިބުމާއިއެކު، އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މި ލޯންޗުގައި ކުޑަކުދިންނާއި އަންހެނުން ވެސް ތިބި ކަމަށް އެމްއެންޑީއެފް އަށް މައުލޫމާތު ލިބިފައިވާ ކަމަށް ބުނެއެވެ.

އެ ލޯންޗަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފ. ފިލިތެޔި ރިސޯޓުން އުޅަނދަކާއި ފ. ފީއަލިން ވެސް ދޯންޏަކާއި ލޯންޗެއް ފުރާފައިވާ ކަމަށްާއި ކޯސްޓްގާޑްގެ ހާބާ ކްރާފްޓް ވެސް ދަތުރު ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެހެންނަމަވެސް އެ ލޯންޗާއި މުވާސަލާތީ ގުޅުން ކެނޑިފައިވާ ކަމަށާއި ލޮކޭޓް ކުރެވިފައި ނުވާ ކަމަށް ވެސް ކޯސްޓްގާޑުން ބުނެއެވެ.

ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖެއަށް މިހާރުކުރަމުންދާއިރު، ކަނޑު ދަތުރުފަތުރު ކުރުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.

1 ކޮމެންޓް
ނ
މެއި 6, 2023
ހާދަ ލަހުން ހަބަރު ތި ޖެހީ..މިހާރު ފެނިއްޖެ ކަމަށް އެހެން ނޫސްތަކުގަ އޮތީ..