English Edition
Dhivehi Edition

ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލަރޓް ނެރެފިއެވެ.

މެޓް އޮފީހުން މި އެލަރޓު ނެރެފައިވަނީ މިއަދު ހަވީރު 5 ޖަހަންދެންނެވެ.

މެޓް އޮފީހުގެ އެލަރޓުގައިވާ ގޮތުން އެ ސަރަހައްދުގެ ރަށްތަކަށް 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާކޮށްފައި ވެއެވެ.

މީގެ އިތުރުން ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، މޫސުމަށް ސަމާލުވުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.