English Edition
Dhivehi Edition
ފޮޓޯ: އެމްޓީސީސީ

ނ. މާޅެންދޫ އާއި އދ. ދިގުރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފިއެެވެ.

ދިގުރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، 127 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 15 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 420 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯޓިއުބް ހަރުކުރުމާއ،ި 13,556 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ރީޕްލެނިޝް ކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ 11.91 މިލިއަން ރުފިޔާއަށް 150 ދުވަސް ތެރޭ ނިންމުމަށް ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކުރި މަސައްކަތެކެވެ.

މާޅެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން އެ ރަށުގެ ޖެޓީ ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 32.34 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުނ،ް 9,735 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއ،ި 73 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމަށްވަނީ ހަމަޖެހިފައެވެ. އަދި 386 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 175 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއ،ި 47 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުުން ރިންގ ބޯއީސް ހަރުކުރުމާއ،ި 30 މީޓަރު ދިގު 4 މީޓަރު ފުޅާ ބްރިޖެއް ހެދުމާއ،ި ޖެޓީއެއް ހެދުމާއ،ި 928 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއ،ި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ.