English Edition
Dhivehi Edition
ފޮޓޯ ރައީސް އޮފީސް

ސަރވިކަލް ކެންސަރު ނައްތާލުމަށް އަމާޒުކޮށް ބޭއްވި ކޮމަންވެލްތުގެ މަޝްވަރާ ބައްދަލުވުން “ފަޔަރސައިޑް ޗެޓް” ގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.

ކޮމަންވެލްތު ޤައުމުތަކުގެ ވެރިންގެ އަނބިއަނބިކަނބަލުން އަދި ބައިވެރިންނަށް އަމާޒުކޮށްގެން “އިންސްޕަޔަރިންގ ޗޭންޖް ޓު އެކްސެލެރޭޓް ސަރވިކަލް ކެންސަރ އެލިމިނޭޝަން އިން ދަ ކޮމަންވެލްތު” ޝިއާރުގެ މައްޗަށެވެ.

ރުވާންޑާގެ ރައީސްގެ އަނބިކަނބަލުން ޖެނެޓް ކަގާމޭ ރިޔާސަތު ބެލެހެއްޓެވި މި މަޝްވަރާ ބައްދަލުވުމުގެ މަގުސަދަކީ ކޮމަންވެލްތު ޤައުމުތަކުގެ ވެރިންގެ އަނބިއަނބިކަނބަލުން އަދި ބައިވެރިން އެއްތަންވެ، ކޮމަންވެލްތު ޤައުމުތަކުގައި ސަރވިކަލް ކެންސަރު އިތުރުވާ މިންވަރާމެދު ހޭލުންތެރިކަން އިތުރުކުރުމެވެ. އަދި ސަރވިކަލް ކެންސަރު ނައްތާލުމަށް މަސައްކަތް ކުރުމަށް ހިތްވަރު ދިނުމެވެ.

މި މެއިމަހުގެ 6 ވަނަ ދުވަހު ވެސްޓްމިންސްޓަރ އެބީގައި ބާއްވާ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 3 ވަނަ، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ