English Edition
Dhivehi Edition

ހުކުރު ސުވަހަކީ ހަފްތާގެ އެންމެ މާތް އަދި އެންމެ މަތިވެރި ދުވަހެވެ. އެ ދުވަހުގައި ކުރެވޭ އެންމެ މާތް އަޅުކަމަކީ އެ ދުވަހުގައި ކުރެވޭ ހުކުރު ނަމާދެވެ.

އެ ދުވަހުގައި ކުރެވޭ އެންމެ މާތް އަޅުކަމަކީ ހުކުރު ނަމާދުކަމަށް ވީއިރު، އެދުވަހުގައި ކުރެވޭ ނަމާދުގައި ވާ އެންމެ އަސާސީ އަދި އެންމެ މާތް އެއްކަމަކީ ހުކުރު ނަމާދުގައި އިއްވޭ ހުކުރު ޚުތުބާއެވެ.

އެހެން ކަމުން ހުކުރު ދުވަހު ހުކުރު ޚުތުބާ ފެށުމުގެ ކުރިން މިސްކިތަށް ގޮސް އެ ޚުތުބާ އަޑުއެހުމަކީ ވާޖިބެއްކަމުގައި ލައްވާފައިވެއެވެ.

އެހެން ކަމުން ފިރިހެނުން ހުކުރު ދުވަހު ވީހާވެސް އަވަހަށް ހުކުރަށް މިސްކިތަށް ދިއުމަށް މާތް ނަބިއްޔާ ވަނީ އިރުޝާދު ދެއްވާފައެވެ. އަދި އަވަހަށް ހުކުރަށް ދާ ފިރިހެނުންނަށް ލިބިގެންދާނެ އަޖުރާއި ސަވާބުގެ ބޮޑުކަމުގެ ވާހަކަވެސް ނަބިއްޔާ ވަނީ ހަދީޘްކުރައްވަވާފައެވެ.

އެގޮތުން ހުކުރު ދުވަހުގެ އެންމެ ފުރަތަމަ ވަގުތުގެ ތެރޭގައި ހުކުރަށް ދާމީހުންނަށް ޖަމަލެއް ކަތިލީމަ ލިބޭހާ ސަވާބު ލިބެއެވެ.

އިސްލާމީ ތިލަފަތުގެ ދަރުސަކުން