English Edition
Dhivehi Edition

ޤިޔާމަތުގެ ވަގުތު ޖެހި ތާޅަފިލި ފުމެލެވޭ ހިނދު ކަންތައް ވެގެންދާނީ ކިހިނެއްތޯ ؟ އިސްރާފީލް އަލައިހިއްސަލާމް ފެނިވަޑައިގެންނެވުމުން ދުނިޔެއަށްވާ އެންމެހައި އެދުންތައް ނެތި ފިލައިގެން ގޮސްފައިވަނީ ކީއްވެތޯ؟ ތާޅަފިލި ފުމެވޭނީ ކޮން ދުވަހެއްގައިތޯ؟

ޤިޔާމަތް ދުވަހު ތާޅަފިލި ފުމެލެއްވުމުގެ މަސްޢޫލިއްޔަތު މާތް ﷲ ތަޢާލާ ހަވާލުކުރައްވަވާފައިވަނީ އިސްރާފީލް އަލައިހިއްސަލާމް އާއެވެ.

މާތް ނަބިއްޔާ އަށް އިސްރާފީލް އަލައިހިއްސަލާމް ފެނިވަޑައިގަތެވެ. އަދި އެހިނދު ދުނިޔެއަށްވާ އެންމެހާ އެދުންތަކެއް އެއްކޮށް ނެތި ފިލައިގެން ދިޔައެވެ.

އެގޮތުން މާތް ނަބިއްޔާއަށް އިސްރާފީލް އަލައިހިއްސަލާމް ފެނިވަޑައިގެން އެ މަންޒަރު ސިފަކުުރައްވާ ހަދީޘް ކުރައްވަވާފައިވަނީ ތާޅަފިލި ހަވާލުކުރެވިގެންވާ މަލާއިކަތާ، އެކަން ހަވާލުކުރެވުނީއްސުރެ އެސްފިޔަޖަހާނުލާ ނަޒަރު ހުއްޓިފައިވަނީ ﷲ ތައާލާގެ އަރުޝިއަށެވެ.

އެހެނީ އެކަލޭގެފާނު ބިރުވެތިވަނީ ﷲ ތައާލާ ތާޅަފިލި ފުމެލެއްވުމަށް އަމުުރުކުރައްވާހިނދު ނަޒަރު ސީދާކޮށްލާ ބަލާލާނެ ވަގުތުވެސް ނުލިބިދާނެތީއެވެ.

އެހެންކަމުން ތާޅަފިލި ފުމެލެއްވުމަށް އަމުރުކުރެވުނީއްސުރެ އެކަމުގެ އަމުރު ކޮންމެ ވަގުތެއްގައިވެސް އަތުވެދާނެކަމަށްޓަކައި ތައްޔާރަށް ނަޒަރު އަރުޝިއަށް ސީދާކޮށްގެންވާ ހާލު ހުޝިޔާރަށް އެސްފިޔަ ޖަހާލަންވެސް ބިރުވެތިވާ ހާލު އިސްރާފީލްގެފާނު ހުންނެވިއެވެ.

އަދި އެކަލޭގެފާނުގެ ދެ ލޯ ވިދަވިދާ ހުންނަ ދެ ތަރިފަދައެވެ. މާތް ނަބިއްޔާއަށް އެ މަންޒަރު ފެނިވަޑައިގެންނެވުމުން މިދުނިޔެއަށްވާ އެންމެހާ އެދުންތަކެއް ނެތި ދިޔައެވެ. އެހެންވެ މާތް ނަބިއްޔާ ހަދީޘް ކުރެއްވެވިއެވެ.

މި ދުނިޔޭގެ ލައްޒަތުތައް ހާސިލް ކުރާނީ ކިހިނެއްތޯއެވެ. ތިމަންކަލޭގެފާނު މި ދުނިޔޭގައި މަޖާކުރާނީ ކިހިނެއްތޯއެވެ. އިސްރާއީލްގެ ފާނު ހުންނެވީ އެކަލޭގެފާނުގެ ތުންފަތުގައި އެތާޅަފިލި ޖައްސަވައިގެންނެވެ. އަދި އެކަލޭގެ ފާނު ހުންނެވީ އިސްއުފުލާ ބައްލަވާށެވެ. އަދި އެކަލޭގެފާނު ހުންނެވީ ކަނުލައި އަޑުއައްސަވާށެވެ. އެކަލޭގެފާނު ހުންނެވީ ތާޅަފިލި ފުމެލެއްވުމުގެ އަމުރު އަތުވެދާނެ ވަގުތެއްގެ އިންތިޒާރުގައެވެ. އަމުރުފުޅު އަންނައިރަށް އެ ތާޅަފިލި ފުމެލެއްވުމަށް ޓަކައި ތައްޔާރަށެވެ.

އެހެންކަމުން މިހާރުވެސް އިސްރާއީލުގެފާނު ތާޅަފިލި ފުމެލެއްވުމަށް ތައްޔާރަށް ހުންނެވިއިރު، މާތް ނަބިއްޔާ ހަދީޘް ކުރެއްވިއެވެ. ތިމަންކަލޭގެފާނަށް ދުވަސްތައް ދެއްކެވުނެވެ. އަދި އޭގެތެރޭގައި ތިމަންކަލޭގެފާނަށް ހުކުރު ދުވަސް ވެސް ދެއްކެވުނެވެ.

އަދި ހުކުރު ދުވަހަކީ ސާފު ރީތި މޫނު ބަލާ ލޮގަނޑެއްފަދައިން ވާތީ ތިމަންކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. ނަމަވެސް އެ ލޯގަނޑުގެ މެދުގައި ކަޅު ކުލައިގެ ތިއްކެއް ވާތީ ތިމަންކަލޭގެފާނަށް ފެނިވަޑައިގަތެވެ. އެ ހިނދު ތިމަންކަލޭގެފާނު ދެންނެވީމެވެ. މިއީ ކޮންއެއްޗެއްތޯއެވެ. އަދި އެހިނދު ތިމަންކަލޭގެފާނަށް ދެންނެވުނެވެ. އެއީ ޤިޔާމަތް ޤާއިމުވާނެ ވަގުތެވެ.

އާދެ ތާޅަފިލި ފުމެލެއްވޭނީ ހުކުރު ދުވަހެއްގައި ކަން މާތް ނަބިއްޔާގެ މި ބަސްފުޅުތަކުން އެނގިގެންދެއެވެ.

ނޯޓް: މި ލިޔުމުގައި ހިމަނާލާފައި މިވަނީ ޝައިޚް މުޙައްމަދު ޢާލިބް ” ޤިޔާމަތުގެ ވަގުތުޖެހި ތާލަފިލި ފުމެލެވޭ ހިނދު ” މި ނަމުގައި ދީފައިވާ ދަރުސުން ނެގިފައިވާ މަޢުލޫމާތުކޮޅެކެވެ.