English Edition
Dhivehi Edition

ދިރާގު ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ރައުޓަރ އަދި ހިލޭ ސެޓްއަޕް ލިބޭ ޚާއްސަ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ.

މިއީ މިޚިދުމަތަށް މުޅިން އަލަށް އެދޭ ކަސްޓަމަރުންނަށް ފެށި ޕްރޮމޯޝަނެކެވެ.

ދިރާގުން ބުނީ ފައިބަރ ބްރޯޑްބޭންޑްގެ ކޮންމެ ޕެކޭޖަކަށް ސަބްސްކްރައިބް ކުރައްވާ ރެސިޑެންޝަލް ކަސްޓަމަރުންނަށް މި ލިމިޓެޑް ޓައިމް އޮފާރގައި ބައިވެރިވެވޭނެ ކަމަށާއި މއަދުން ފެށިގެން މި މަހުގެ 15 ގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށެވެ.

ދިރާގުގެ މެނޭޖަރ އެކުއިޒިޝަންސް ޖަނާ އިބްރާހިމް ވިދާޅުވީ މިއީ އެއްވެސް ސެޓްއަޕް ފީއަކާ ނުލާ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބަރ ނެޓްވަރކްއާ ގުޅާލުމަށް ލިބޭ އަގުހުރި ފުރުސަތެއް ކަމަށެވެ. އަދި ދިރާގު ފައިބަރ ބްރޯޑްބޭންޑާއެކު ކަސްޓަމަރުންނަށް ތަފާތު އެކި ޕެކޭޖްތަށް ޚިޔާރުކޮށް، އެންމެ ބޮޑު ޑޭޓާ އެލަވަންސްތަކާއި ހަލުވި ސްޕީޑް ތަޖުރިބާކޮށްލެވޭނެ ކަމަށެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަރ ނެޓްވަރކްއެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 87 އިންސައްތައަށް މި ޚިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައެވެ.

ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމެވެ. މިގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ދިރާގުން ކުރިއަށް ގެންދާނެއެވެ.

މި ޕްރޮމޯޝަނާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް: https://bit.ly/42dAzP8

 

ޓެގު