English Edition
Dhivehi Edition
މަތިވެރި ދާއިރާގެ މެންބަރު، ހަސަން ޒަރީރު

ރައްޔިތުންގެ މަޖިލީހުގެ އއ. މަތިވެރި ދާއިރާގެ މެންބަރު، ހަސަން ޒަރީރަށް ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ބުނީި އޭނާއަށް ހަމަލާ ދީފައިވަނީ މާލެ ބޮޑުތަކުރުފާނު މަގުގައި ހުންނަ “ހަބީބީ ކެފޭ އެންޑް ބިސްޓްރޯ” ތެރޭގައި އިންދާ ރޭ ފަތިހު 05:08 ހާއިރު ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވިދާނެ އެއްޗަކުން ކަމަށެވެ.

އޭނާއަށް ފަރުވާދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ކަމަށާއި އެ މައްސަލަ އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި، ތަހުގީގު ކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަރީރަށް އެމަޖެންސީގައި ފަރުވާދިނުމަށް ފަހު، މިހާރުވަނީ ވޯޑަށް ބަދަލު ކޮށްފައެވެ. އަދި ހާލު ރަނގަޅެވެ.