English Edition
Dhivehi Edition

ގދ. ގައްދޫ ބަނދަރު ހެދުމަށް ބޮޑުހިލައިގެ ދެވަނަ ޝިޕްމެންޓް ގެންގޮސްފިއެވެ.

މި މަސައްކަތް ކުރާ ކުންފުނި އެމްޓީސީސީ އިން ބުނީ އެރަށު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމެންޓް، ސައިޓަށް ގެންގޮސްފައިވާ ކަމަށާއި އަދި އެއްގަމުތޮށި ލުމުގެ މަސައްކަތުގެ 43 އިންސައްތަ ފުރިހަމަކުރެވިފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫޢުގެ ދަށުން، 23,017 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 232 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 35 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ނިންމާފައިވާ ކަމަށެވެ. އަދި 320 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 320 މީޓަރުގެ ސްކޯރިންގ އޭޕްރަންއެއް ހެދުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ބްރިޖެއް ހެދުމާއި، 1600 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް ބުންނެވެ.

މިއީ 40.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.