English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ހާއްސަ ވީޑިއޯ މެސެޖެއް މިއަދު ހެނދުނު ޓީވީތަކުންނާއި ގެނެސްދޭނެކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ވިދާޅުވީ މި މެސެޖު ގެނެސްދޭނީ މިއަދު ހެނދުނު 10:00 ގައި ކަމަށެވެ. އަދި ވީޑިއޯ މެސެޖެއް ރާއްޖޭގެ ޓީވީ ޗެނަލްތަކުގެ އިތުރުން ރައީސް އޮފީހުގެ ޓްވީޓަރ އެކައުންޓްތަކުން ލައިވްކުރާނެކަމަށެވެ.

އެހެންނަމަވެސް މިއީ ކޮންކަމަކާއި ގުޅިގެން ގެނެސްދޭ ވީޑިއޯ މެސެޖެއްކަމެއް ހާމައެއް ނުކުރައްވައެވެ.

ދޭތެރެދޭތެރެއިން ރައީސް ސާލިހު، ގައުމާއި މުޚާތަބު ކުރައްވާއިރު، ރައީސް ސާލިހުގެ މިއަދުގެ މެސެޖުގައި ޗާގޮސް މައްސަލައަށް އަލިއަޅުއްވާލައްވާނެ ކަމަށް ބެލެވެއެވެ.