English Edition
Dhivehi Edition
ފޮޓޯ: ފޮރިން މިނިސްޓްރީ

ދިވެހިންނަށް ވިސާއާ ނުލާ އެފްރިކާ ސަރަހައްދުގައި އޮންނަ ބުރުންޑީ އަށް ދަތުރުކުރެވޭ ގޮތް ހަދައިފިއެވެ.

މިކަމަށްޓަކައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހަސަންއެވެ. މިއެއްބަސްވުމުގެ ދަށުން ވިސާއާ ނުލައި ދިވެހިންނަށް ބުރުންޑީއަށް 30 ދުވަހުގެ މުއްދަތަކަށް އެތެރެވެވޭނެއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ދިވެހިރާއްޖެ އާއި ބުރުންޑީއާ ދެމެދު ނިއުޔޯކްގައި ސޮއިކުރެވުނު މިއުޗުއަލް ވިސާ އެގްޒެމްޝަން އެގްރީމަންޓު އުފަލާއެކު ބަލައިގަންނަކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ހިނގާ މުއާމަލާތުތައް އިތުރުވެ، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ ކުރިން ވިސާ ނެގުމަކާ ނުލައި 93 ގައުމަށް މިހާރު ދިވެހިންނަށް ދަތުރުކުރެވޭނެކަމަށެވެ.