English Edition
Dhivehi Edition

ގިނަދުވަސްތަކެއް ވަންދެން ކައިވެނި ނުކޮށް ހުރުން ނުވަތަ އުމުރުގެ ފަހުކޮޅުގައި ކައިވެނިކުރުމަކީ ވަރިމަދުކުރުމަށް އެޅިދާނެ ފިޔަވަޅެއް ނޫނެވެ.

ވަރި ގިނަވުމަށް ވަރަށްގިނަ ސަބަބުތަކެއް ހުރެއެވެ. އެއިގެ ތެރޭގައި އެމީހަކު އަދާކުރާ ވަޒީފާއާއި، ތަޢުލީމީ ފެންވަރު އަދި އެކަކު އަނެކަކަށް ތަފާތުކުރާ މިންވަރުވެސް ހިމެނެއެވެ. އެގޮތުން ބަލާއިރު އާއްމުކޮށް ވަޒީފާގައި ނޫޅޭ މީހުންގެ މެދުގައި ވަރި ގިނަކަމަށް ދިރާސާތަކުން ދައްކައެވެ.

ކޮންމެ ދެމަފިރިއެއް އެކުގައި ދިރިއުޅުމަށް ނުވަތަ ވަކިވެގެން ދިޔުމަށް ކޮންމެވެސް ކަހަލަ ކަންތައްތަކެއް ކުރިމަތިވާނެއެވެ. އެގޮތުން އެމީހަކު އަދާކުރާ ވަޒީފާއަކީ ބައެއް ފަހަރަށް މިކަމުގެ ސަބަބަކަށް ވެއެވެ. ބައެއް ވަޒީފާތަކުގައި އުޅޭމީހުން އާދަޔާ ހިލާފަށް އަވަހަށް ވަކިވެގެންދާއިރު، އެހެން ވަޒީފާތަކުގައި އުޅޭމީހުން އުފަލުގައި އުޅޭތަން ފެނެއެވެ. މިކަމާ ގުޅިގެން 2015 ވަނަ އަހަރު އެމެރިކާގައި ދިރާސާއެއް ހެދިފައިވެއެވެ. އެދިރާސާއިން އެނގުނު ގޮތުގައި ގިނައިން އާއްމުންނާއި ދިމާވާ މެނޭޖަރުން ފަންތީގެ މީހުން ވަރިކުރާ ނިސްބަތް ގިނަކަމެވެ. އެގޮތުން ރެސްޓޯރެންޓްތަކާއި މެހްމާންދާރީގެ ވަޒީފާތަކާއި، ކުޅިވަރުކުޅޭ ތަންތަނުގައި މަސައްކަތްކުރާ ފަރާތްތައް ފާހަގަ ކުރެވެއެވެ.

އާއްމުގޮތެއްގައި ބޮޑުމުސާރަ ލިބޭ ޕްރޮފެޝަނަލް ވަޒީފާ ތަކުގައިއުޅޭ މީހުން ވަރިކުރާ ނިސްބަތް މަދުކަން ވެސް މިދިރާސާއިން އެނގިފައި ވެއެވެ. އެގޮތުން ސިއްޙީ ދާއިރާއާއި، ޓެކްނޮލޮޖީ އަދި ފައިސާއާ ގުޅޭ ދާއިރާތަކުގައި މަސައްކަތްކުރާ މީހުން ވަރިކުރުން މަދުކަން ފާހަގަ ކުރެވެއެވެ. އަދި މިދިރާސާގެ ނިސްބަތަށް ބަލާއިރު އެފަރާތްތަކުގެ އިންސައްތަ އުޅެނީ ގާތްގަނޑަކަށް %17 ގައެވެ.

އެހެންނަމަވެސް ހަޤީގަތަކީ އެމީހަކު އަދާކުރާ ވަޒީފާއަކީ އެމީހާގެ ދިރިއުޅުމުގެ މިފަދަ ނިންމުންތައް ނިންމަންއޮތް ސަބަބެއް ނޫނެވެ. މިސާލަކަށް ބަލާއިރު ޑޮކްޓަރަކު ރިސޯޓެއްގެ މެނޭޖަރަކަށްލުމަކީ އޭނާ ވަރިކުރުމަށް އޮތް ސަބަބެއް ނޫނެވެ. އެހެންނަމަވެސް އެކަން ބިނާވެފައި އޮންނަނީ އެމީހެއްގެ ދިރިއުޅުމުގެ އާދަކާދައާއި އެހެނިހެން ކަންކަމުގެ މައްޗަށެވެ.